އަޢޫޛްގެ މާނައަކީ "ލައްނަތް ލެއްވިގެންވާ ނުބައި ޝައިޠާނާގެ ވަސްވާސްތަކުން މިއަޅާ ސަލާމަތްކޮށް ދެއްވެވުން އެދި ﷲގެ ޙަޟްރަތުގައި ދަންނަވަމެވެ."
ޤްރްއާން ކިޔަވަން ފެށުމުގެ ކުރިން އަޢޫޛް ކިޔެވުމަކީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. އެހެނީ ނަހްލް ސޫރަތުގެ 98 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަނީ މިކަމަށް އަމުރުފުޅު ކުރައްވަވައިފައެވެ.
"ފަހެ، ކަލޭގެފާނު ޤްރްއާން ކިޔަވައި ވިދާޅުވާނަމަ، ފަހެ، ރަހްމަތުން ބޭރު ކުރައްވަވާފައިވާ ޝައިޠާނާގެ ކިބައިން ދުރުކުރެއްވެވުން އެދި، ﷲ ގެ ރައްކައުތެރިކަމަށް އެދި ދަންނަވާށެވެ." (ސޫރަތުނަޙްލް: 98)
ރަސޫލް (ޞޢވ) ކީރިތި ޤްރްއާން ކިޔަވައި ވިދާޅުވާނަމަ ފެށްޓެވުމުގެ ކުރިން އަޢޫޛް ވިދާޅުވިއެވެ.
ދީނީ ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވެފައިވަނީ ކީރިތި ޤްރްއާން ކިޔަވަން ފެށުމުގެ ކުރިން އަޢޫޛް ކިޔެވުމަކީ ވާޖިބެއް ނުވަތަ ސުންނަތެއް ކަމާއިމެދުގައެވެ. (އެއީ ސުންނަތެއް ކަމަށް ބެލި ނަމަވެސް މޮޅު އިތުރުވެގެންވަނީ ކިޔެވުމެވެ.) ކީރިތި ޤްރްއާން ކިޔަވަން ފެށުމުގެ ކުރިން އަޢޫޛް ކިޔަވަންޖެހެނީ އިންސާނާގެ ހަށިގަނޑުގައި ލޭ ދައުރުކުރާ ފަދައިން ޝައިޠާނާ ދައުރުކުރާތީ ކިޔަވާއިރު ޝައިޠާނާ ކިބައިން ސަލާމަތް ކުރެއްވެވުން އެދިއެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އިސްލާމީ މަރުކަޒުގައި ދެއްވި ދަރުސުން
އަޢޫޛް ކިޔުމުގެ ޙުކުމްތަކާއި އިތުރު ތަފްޞީލްތައް ޚަބަރުގައިވާ ވީޑިއޯ އިން އެނގިވަޑައިގަންނަވާނެއެވެ.