ޚިޔާނާތުގެ ފައިސާއަށް ގަންނަ ތަކެތި ކައިގެން ގައިގަ ޖަހާ މަސް ހުއްޓައި ސުވަރުގެ ނުވަންނާނެ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ޚިޔާނާތުގެ ފައިސާއަށް ގަންނަ ތަކެތި ކައިގެން ގައިގަ ޖަހާ މަސް ހުއްޓައި ސުވަރުގެ ނުވަންނާނެ!: ޑރ. އިޔާޟް

"ޚިޔާނާތުގެ ގޮތުގަ ހޯދާފައިވާ ފައިސާއަކީ ޙަރާމް އެއްޗެކެވެ. އަމިއްލަ ނަފްސާއި އަނބި ދަރިންނަށް އެފަދަ ތަކެތި ކާންދީ ނުހަދާށެވެ. އެފަދަ ފޭރާމެއް ލައިގެން ކުރާ ދުޢާ އިޖާބަ ނުކުރައްވަވާނެއެވެ. އެއިން ޖަހާފައި ހުރި މަސް ހަށިގަނޑުގައި ހުރިހާ ހިނދަކު ސުވަރުގެއަށް ނުވަންނާނެ އެވެ."  

މިއީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވާ ބަސްފުޅެކެވެ. މިބަސްފުޅުން އެނގެނީ ޚިޔާނާތުގެ ފައިސާއިން ހޯދާފައިވާ ފޭރާމެއް ލައިގެން ހުރެ ކުރާ ދުޢާ ﷲ ތަޢާލާ އިޖާބަ ނުކުރައްވަވާނެ ކަމެވެ. އަދި ކިޔާނާތުގެ ފައިސާ ބޭނުންކޮށްގެން ހޯދާ ތަކެތި ކައިގެން ޖަހާފައި ހުރި މަސް ހަށިގަނޑުގައި ހުރިހާ ހިނދަކު ސުވަރުގެ ނުވަންނާނެ ކަމެވެ.  

އެހެންކަމަށްވާއިރު ގޮތް ނުއެނގޭ ފައިސާ ގެއަށް ވެއްދި ނަމަވެސް އެއިގެ ބޭނުން ކުރަންވާނީ އެއީ ޙަލާލު ފައިސާކަން ކަށަވަރު ކުރުމަށްފަހުގައިކަން އެނގިގެންދެއެވެ.

މިއަދު އޮންލައިން