ޗައިނާގެ އާ އަހަރުގެ މުނާސަބަތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށާއި ޕްރިމިއަރ ލީ ކަޗަންގ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަންމަދު ޞާލިޙް ތަޙުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި މި އުފާވެރި މުނާސަބަތުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ޗައިނާ ސަރުކާރަށާއި ޗައިނާގެ އެކުވެރި އެންމެހައި ރައްޔިތުންނަށް ވަރަށް ހޫނު މަރުޙާބާއެއް ވިދާޅުވެފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޗައިނާއަށާއި ޗައިނާގެ ރައްޔިތުންނަށް ކުރިއެރުމާއި ސުލްހައާއި ހަމަޖެހުމަށް އެދިވަޑައިގެންފައި ވެއެވެ.