ކަސްޓަމްސްއިން 575 ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފި.

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ކަސްޓަމްސްއިން 575 ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފި.

ކުރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާދެ ޕާރުސަލެއް ބަލާފާސްކުރުމުގެ ތެރޭގައި 575 ގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ. 

ކަސްޓަމްސް އިން ބުނީ ކޫރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލެއް ބަލައި ފާސްކުރުމުގެ ތެރޭގައި އެޕާރުސަލުތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައި ވަނީ މިއަދު ކަމަށެވެ. އަދި މި ތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާއިރު، އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގއާއެކު ޖުމްލަ 287 ގްރާމްހުއްޓެވެ. 

ކޫރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ އެހެން ޕާރުސަލެއް ބަލައި ފާސްކުރުމުގެ ތެރޭގައި އެޕާރުސަލުގެ ތެރެއިންވެސް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި މިއަދު ފެނިފައިވާ ކަމަށާއި މި ތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާއިރު، އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގއާއެކު ޖުމްލަ 288 ގްރާމް ހުރި ކަމަށެވެ. 

މިދެ ކޭސްގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 575ގްރާމް ހުރިއިރު، މިމައްސަލައިގައި ޝާމިލްވާ މީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

 

މިއަދު އޮންލައިން