ޑިފެންސް މިނިސްޓަރ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
ޑިފެންސް މިނިސްޓަރ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަނީ!

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން މިއަދު ހުށަހަޅައިފިއެވެ.

މިނިސްޓަރު މާރިޔާ މަޖިލީހަށް ހާޒިރުކުރަން މިއަދު ހުށަހަޅައިފައިވަނީ އިންޑިއާގައި އޮތީ ވަރުގަދަ އަސްކަރިއްޔާއެއް ކަމަށާއި އިންޑިއާ އަކީ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ހިފޭ ވަރުގެ ގައުމެއް ކަމަށް އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް އެކަމަނާ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވުމާއި ގުޅިގެންނެވެ.

މިއިންޓަވިއުއެއްގައި މާރިޔާ ވިދާޅުވެފައިވަނީ އިންޑިއާ އިން ރާއްޖެ ހިފުމުގެ ވިސްނުމެއް ނުގެންގުޅުނު ނަމަވެސް، އިންޑިއާ އިން ބޭނުންވެގެން ރާއްޖެ ހިފަން އުޅޭ ނަމަ، އެކަން ކުރެވޭނެ ކަމަށެވެ. މިކަމާގުޅިގެން ގިނަބައެއްގެ ފާޑު ކިއުން އެކަމަނާ އަށް ވަނީ އަމާޒުވެފަ އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އެވެ.

 

މިއަދު އޮންލައިން