ޚިޔާނާތްތެރިވީ ހަމައެކަނި އެމްއެމްޕީއާރުސީއަކުން ނޫން! - ޚިޔާނާތްތެރިންނަށް މަޖިލީހަށް ވަނުމުގެ ފުރުޞަތު ދިނީ އޭސީސީ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ޚިޔާނާތްތެރިވީ ހަމައެކަނި އެމްއެމްޕީއާރުސީއަކުން ނޫން! - ޚިޔާނާތްތެރިންނަށް މަޖިލީހަށް ވަނުމުގެ ފުރުޞަތު ދިނީ އޭސީސީ: ޑރ. އިޔާޟް

19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ޚިޔާނާތްތެރިންނަށް ލިބުނީ އޭސީސީސީ އިން އެ ފުރުޞަތު ދިނުމުން ކަމަށް ޑޜ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.   

ޑރ. އިޔާޟް ވިދާޅުވީ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވަނީ ހަމައެކަނި އެމްއެމްޕީއާރުސީން ނޫން ކަމަށާއި ފެނަކަ އާއި އެޗްޑީސީ އާއި އެމްޕީއެލުން ވެސް ވަނީ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެފައި ކަމަށެވެ. 

ޑރ. އިޔާޟް ވިދާޅުވީ މިކުންފުނިތަކުން ފެންމަތިވެފައިވާ މައްސަލަތައް ބަލައި އޭސީސީއީން ހާމަކުރަންޖެހޭ ތަފްޞީލު ހާމަކޮށްފައިނުވާ ކަމަށެވެ. އަދި މި މައްސަލަ ތަކުގައި ތުހުމަތުކުރެވޭ މީހުންނަށް 19 ވަނަ މަޖިލީހަށް ކުރިމަތިލުމުގެ ފުރުޞަތު ލިބިފައިވަނީ އެމީހުންގެ މައުލޫމާތު އޭސީސީސީ އިން ހާމަ ނުކުރާތީ ކަމަށެވެ.

މިއަދު އޮންލައިން