ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީގެ މައްޗަށް އިތުބާރު ނެތްކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މައްސަލައަކީ އެއްވެސް އަސާސެއް އޮތް މައްސަލައެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.
ޢަލީ ވަޙީދު ވިދާޅުވީ ދިފާޢީ ވަޒީރު މާރިޔާ ދީދީ އަކީ ކެބިނެޓުގެ ހިތްވަރުގަދަ، ޤާބިލް ވަޒީރެއް ކަމަށާއި އެކަމަނާގެ އިތުބާރު ނެތް ކަމުގެ މައްސަލައަކީ އެއްވެސް އަސާސެއް އޮތް މައްސަލައެއް ނޫން ކަމަށެވެ. އަދި ޤައުމު ހަލަބޮލިކުރަން އެއްވެސް ބައަކު ޒާތީ ގޮތުން ކުރާ މަސައްކަތެއް ކާމިޔާބެއް ނުވާނެ ކަމަށެވެ.
ޖޮއިންޓް ޕީޖީ ލީޑަރު ޢަބްދުﷲ ރިޔާޟް ވެސް ވަނީ މި މައްސަލަ މަޖިލީހުގައި ފޭލްކޮށްލައްވާނެ ކަމަށް ވިދާޅުވެފައެވެ.
"ދިފާޢީ ވަޒީރު މާރިޔާ ދީދީ އަކީ އަޅުގަނޑުމެންގެ ކެބިނެޓުގެ ހިތްވަރުގަދަ، ޤާބިލް ވަޒީރެއް! އެކަމަނާގެ އިތުބާރު ނެތް ކަމުގެ މައްސަލައަކީ އެއްވެސް އަސާސެއް އޮތް މައްސަލައެއް ނޫން! ޤައުމު ހަލަބޮލިކުރަން އެއްވެސް ބައަކު ޒާތީ ގޮތުން ކުރާ މަސައްކަތެއް ކާމިޔާބެއް ނުވާނެ. އިން ޝާ ﷲ!": ޢަލީ ވަޙީދު