ރައްޔިތުންގެ މަޖިލިސް ކުރާގޭގަ ކުރިއަށް ގެންދިއަ މަރާމާތުގެ މަސައްކަތް ރައީސް ޞާލިޙް ބައްލަވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ރައްޔިތުންގެ މަޖިލިސް ކުރާގޭގަ ކުރިއަށް ގެންދިއަ މަރާމާތުގެ މަސައްކަތް ރައީސް ޞާލިޙް ބައްލަވާލައްވައިފި

ރައްޔިތުންގެ މަޖިލިސް ކުރާގޭގައި ކުރިއަށް ގެންދިއަ މަރާމާތުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ބައްލަވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިސް ކުރާގެއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޚަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާޞިމް އިބްރާހީމާއި ނައިބު ރައީސް މޫސާ މަނިކުގެ އިތުރުން މަޖިލީހުގެ އިދާރާގެ އިސް މުވައްޒަފުންނެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ރައްޔިތުންގެ މެންބަރުކަން 25 އަހަރު ކުރައްވައިފައެވެ. މަޖިލިސް މެންބަރުކަމުން އިސްތިޢްފާ ދެއްވީ މިދިއަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާއި ވާދަކުރައްވައި އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާއި ހަވާލުވެވަޑައިގަތުމަށެވެ.

ރައްޔިތުންގެ މަޖިލިސްކުރާ ގެ ބައުވެ ވަރަށް ދަށް ޙާލަތެއް ހުރުމުން ވިއްސާރަ ދުވަސްދުވަހު ޖަލްސާތައް ކެންސަލްކުރަންވެސް ޖެހިފައިވާއިރު މަރާމާތުކުރަން ޕާކިސްތާނުން ވަނީ މީގެ 3 އަހަރުކުރިން އިމާރާތް މަރާމާތުކުރަން 10 މިލިއަން ޑޮލަރުގެ ފައިސާގެ އެހީއެއް ދީފައެވެ.

މިއަދު އޮންލައިން