ރައީސްކަމާ ފަނޑިޔާރުކަމާ މަޖިލީހުގެ ރައީސްކަން ކުރާ އެންމެން ޖަލަށް ލުމަށް ޤާނޫނުގައި ލިޔުމަށް ޕީޕީއެމްގެ މެންބަރުން ގޮވާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ރައީސްކަމާ ފަނޑިޔާރުކަމާ މަޖިލީހުގެ ރައީސްކަން ކުރާ އެންމެން ޖަލަށް ލުމަށް ޤާނޫނުގައި ލިޔުމަށް ޕީޕީއެމްގެ މެންބަރުން ގޮވާލައިފި

ރައީސުލްޖުމްހޫރިއްޔާ ކަމާއި ފަނޑިޔާރުކަމާއި މަޖިލީހުގެ ރައީސްކަން ކުރައްވާ ކޮންމެ ބޭފުޅަކު ޖަލަށް ލުމަށް ޤާނޫނުގައި ލިޔުމަށް ޕީޕީއެމެގެ ބައެއް މަޖިލިސް މެންބަރުން ގޮވާލައިފިއެވެ.

މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކާއި މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދެއްކި ޕީޕީއެމްގެ މެންބަރުން މިމޭރުމުން ގޮވާލިއިރު ނިމިގެންދިއަ ޕީޕީއެމްގެ ވެރިކަމުގައި ވަނީ އެއިރު ތިއްބެވި 3 ކުރީގެ ރައީސުންގެ ތެރެއިން 2 ރައީސުން ކަމުގައިވާ ރައީސް މައުމޫން އާއި ރައީސް މުހައްމަދު ނަޝީދު އާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްކަން ކުރެއްވި ޤާސިމް އިބްރާހީމް އާއި އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު އާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ޙަމީދު ޖަލަށް ލައިފައެވެ. އެބޭފުޅުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންވެސް ވަނީ ޖަލަށްލައިފައެވެ.

މީގެ ތެރެއިން ގިނަ ބޭފުޅުން ޖަލުގައި ބަންދުކޮށްފައި ބެއިތިއްބީ ވެސް ޝަރީޢަތް ނިމެންދެން ބަންދުގައި ބައިތިއްބަން ޖަހާ ޙުކުމް، މަޝްހޫރު "ވާނުވާ" ވެސް ޖަހައިގެންކަން ފާހަގަކުރެވެއެވެ.

ޕީޕީއެމްގެ ވެރިކަމުގައި އެހުރިހާ ބޭފުޅުން ޖަލަށްލުމަށްފަހު މިއަދު މިމޭރުމުން ގޮވާލުމުން އެއިރު އެކަން ކުރީ ޤާނޫނުގައި އެކަން ކުރަން ލިޔުމުގެ ނިޔަތް އޮވެގެން ކަމަށް ޤަބޫލުކުރުމުގެ ފުރުޞަތު މިހާރު އެބައޮތްކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން