ރިޔާސީ ކޮމިޝަނުގެ ބިލަށް މިއަދުވެސް މެންބަރުން ހަމަ ނުވެގެން ވޯޓަށް އެހޭނެ ގޮތެއް ނުވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ރިޔާސީ ކޮމިޝަނުގެ ބިލަށް މިއަދުވެސް މެންބަރުން ހަމަ ނުވެގެން ވޯޓަށް އެހޭނެ ގޮތެއް ނުވި!

ދައުލަތުން ގެއްލިފައިވާ ފާއިސާ އާއި ގޮތް ނުއެނގޭ މަރުގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުގެ ބިލް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް މިއަދުވެސް މެންބަރުން ހަމަ ނުވެގެން ވޯޓަށް އެހޭނެ ގޮތެއް ނުވިއެވެ. ބިލް ފާސްކުރަން މަޖިލީހުގައި 43 މެންބަރުން ތިބެންޖެހޭއިރު ވޯޓުގެ ވަގުތު ޖެހުނުއިރު މަޖިލީހުގައި ތިބީ 42 މެންބަރުންނެވެ. 

މިބިލުގެ އިތުރުން ޕެންޝަނާއިބެހޭ ޤާނޫނަށް ސަރުކާރުން ގެންނަން ހުށަހެޅި އިޞްލާހަށްވެސް ވަނީ ވޯޓަށް އެހޭނެ ގޮތް ނުވެފައެވެ. އެއީ ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ފަރުޟު ޙައްޖުވުމަށް މަގުފަހިކޮށްދިނުމަށް ހުށަހަޅާފައިވާ އިޞްލާޙެވެ. 

ނައިބް ރައީސްކަން ކުރައްވާ ބޭފުޅުންނަށް އިނާޔަތް ދިނުމުގެ ބިލް މިއަދު ވަނީ މަޖިލީހަށް ބަލައިގަނެ 7 މެންބަރުނެގެ ކޮމިޓީއަކަށް ފޮނުވައިފައެވެ.

މިއަދު އޮންލައިން