މިނިސްޓަރ މާރިޔާ މާދަމާ މަޖިލިހަށް ހާޒިރު ކުރަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
މިނިސްޓަރ މާރިޔާ މާދަމާ މަޖިލިހަށް ހާޒިރު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މާދަމާ ހާޒިރުވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް އަންގައިފިއެވެ. 

އެކަމަނާ މަޖިލީހަށް ހާޒިރު ކުރަނީ، އިންޑިއާ ސިފައިންނަށް ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވެ އެޤައުމުގެ މީޑިއާއަކަށް ދެއްވާފައިވާ ކަމަށް ބުނާ ބަސްދީގަތުމަކާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލައިގައި ސުވާލު ކުރުމަށެވެ. 

އެކަމާއި ގުޅިގެން މިނިސްޓަރ މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް ޕީޕީއެމް ގެ މެމްބަރުން އިސްކޮށްތިއްބަވައިގެން ވަނީ މަޖިލީހަށް ވައްދާފައެވެ. ނަމަވެސް އެމައްސަލަ އަދި މަޖިލީހުގައި އެޖެންޑާ ކޮށްފައެއް ނުވެއެވެ. 

ޑިފެންސް މިިނިސްޓަރ މަޖިލިހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހެނދުނު 9:00 އަށެވެ. 

މިމައްސަލަ ފެންމަތިވުމުން ޕީޕީއެމް ގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވީ، މިސަރުކާރުގެ ފޮރިން މިނިސްޓަރާއި އެހެން މިނިސްޓަރުންގެ އަމަލުތަކާއި ވާހަކަތައް ވެސް ވަރަށް ކައިރިން ބަލަމުން ގެންދަވާ ކަމަށެވެ.

މިއަދު އޮންލައިން