ނުހައްޤުން ހޯދާ މުއްސަނދިކަން ކުށަކަށް ހެދުމަށް ސަރުކާރުން ހުށަހެޅި ބިލް މަޖިލީހަށް ބަލައިގަނެ ވޯޓު ކަރުދާސްކޮޅުގައި ކުރެހުމުން ވޯޓު ބާޠިލުކުރަން ޕީޕީއެމްގެ މެންބަރަކު ހުށަހެޅި އިޞްލާޙް މަޖިލީހުން ފާސްކޮށްފިއެވެ.
ވޯޓު ކަރުދާސްކޮޅުގައި ލާންޖެހޭ ފާހަގައިގެ އިތުރުން ކުރެހުން ނުވަތަ ލިޔުން ފަދަ ކަމެއް ކޮށްފިނަމަ އެ ވޯޓެއް ބާޠިލުވާ ގޮތަށް އަމަލުކުރަމުން އަންނަނިކޮށް އެކަން އުވާލައި ކިތަންމެ ވަރަކަށް ކުރެހި ނަމަވެސް އަދި ލިޔުނު ނަމަވެސް ވޯޓު ބާޠިލު ނުވާނެ ކަމަށް ފާސްކުރީ ވެސް ޕީޕީއެމުން ހުށަހަޅައިގެންނެވެ.
އެއިރު ޕީޕީއެމެގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ވިދާޅުވީ ކަރުދާސްކޮޅު ފުރެންދެން ލިޔުނު ނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށާއި ވޯޓު ކަރުދާސްކޮޅުގައި އިންނަން ޖެހޭ ފާހަގަ އިނދެއްޖެ ނަމަ ނިމުނީ ކަމަށެވެ. އަދި އެފާހަގަ ކޮންމެހެން ގޮޅީގައިވެސް އިންނަން ނުޖެހޭނެ ކަމަށާއި ކަރުދާސްކޮޅުގެ ކޮންމެ ތަނެއްގައި އިން ނަމަވެސް ނިމުނީ ކަމަށެވެ.
މިއަދުގެ ޖަލްސާއަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ޙާޒިރުކޮށް ވަނީ ސުވާލުކުރުން ކުރިއަށް ގެންގޮސްފައެވެ.