ސަރުކާރުން ހުށަހަޅާ ބިލްތަކަށް މަޖިލީހުގެ ތަޅުމުގައި "ތެޅިގަނެގެން" ވޯޓަށް އަހާތީ ރޮޒައިނާ ކަންބޮޑުވުން ފައުޅު ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ސަރުކާރުން ހުށަހަޅާ ބިލްތަކަށް މަޖިލީހުގެ ތަޅުމުގައި "ތެޅިގަނެގެން" ވޯޓަށް އަހާތީ ރޮޒައިނާ ކަންބޮޑުވުން ފައުޅު ކުރައްވައިފި

ސަރުކާރުން ހުށަހަޅާ ބިލްތަކަށް މަޖިލީހުގެ ތަޅުމުގައި "ތެޅިގަނެގެން" ވޯޓަށް އަހާތީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކަންބޮޑުވުން ފައުޅު ކުރައްވައިފި އެވެ.

މަޖިލީހުގައި މިއަދު ވޯޓަށް އަހާފައިވަނީ ސަރުކާރުގެ ފަރާތުން ހުށަހެޅި 2 ބިލަކަށެވެ. އެއީ ސަރުކާރުގެ ފަރާތުން ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު ހުށަހެޅުއްވި ޖަމިއްޔާތަކުގެ ބިލާއި، ކުޑަކުދިންގެ އަދުލުގެ ބިލެވެ. މި ދެ ބިލުގެ ފުރަތަމަ ކިޔުން އިއްޔެ ވަނީ އިއްވައިފައެވެ.

ރޮޒައިނާ މިއަދު ކުރެއްވި ޓްވީޓެއްގައި "ކޮންމެ ދުވަހަކު ތެޅިގަނެގެން ހުށަހަޅާ ބިލްތައް ކިޔާލަން ފުރުޞަތު ނުދީ ވޯޓަށް މިއަހަނީ ކޮން ބޭނުމެއްގައިތޯ؟" ސުވާލު ކުރެއްވުމުގެ އިތުރުން "މި ގޮތަށް ބިލްތައް ދަމާކޫތާކަށް ވޯޓެއް ނުދެވޭނެ" ކަމަށް ވިދާޅުވެ "މިކިޔާލަން ވަގުތު ނުދީ ކިހިނެއްތޯ ބަހުސް ކުރާނީ؟" ސުޗާލުކުރައްވައިފައެވެ.

މިއަދު މަޖިލީހުގައި ވޯޓަށް އަހާފައިވާ 2 ބިލް މަޖިލީހަށް ލިބިފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. ހަމަ އެދުވަހު ވަނީ މެންބަރުންނަށް ފެންނާނެ ގޮތަށް މަޖިލީހުގެ ޕޯޓެލްގައި ޢާންމުކޮށްފައެވެ. އެހެންކަމުން މެންބަރުންނަށް ބިލް ހުށަހެޅިތާ މިއަދަކީ 3 ވަނަ ދުވަހެވެ.

https://twitter.com/Roxeyna/status/1102789323462598657

މިއަދު އޮންލައިން