ކައިވެނިކޮށްގެން ހުރެ ހިލޭ އަންހެނުންނާއި ގުޅައި، މާފޮޅުވައި ރީތިކަމަށް ތަޢްރީފްކޮށް ހެދުމަކީ ޙަރާމް ކަމެއް!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ކައިވެނިކޮށްގެން ހުރެ ހިލޭ އަންހެނުންނާއި ގުޅައި، މާފޮޅުވައި ރީތިކަމަށް ތަޢްރީފްކޮށް ހެދުމަކީ ޙަރާމް ކަމެއް!: ޑރ. އިޔާޟް

ކައިވެންޏާއި ގުޅޭ މުހިންމު ބައެއް ސުވާލުތަކަށް ޑރ. އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ޖަވާބު:

 

1 މީހަކާ އިނދެގެން ހުރެ ހިލޭ އަންހެނުންނާއި ގުޅައި، މާފޮޅުވައި، އެމީހުންގެ ރީތިކަމަށް ތަޢްރީފްކޮށް ހެދުމަކީ ކޮންކަހަލަ ކަމެއްތޯ؟

ޑރ. އިޔާޟްގެ ޖަވާބު: 

ޙަރާމް ކަމެއް.!

 

2 އިނދެގެން އުޅޭ ދެ މީހުންގެ މިޒާޖު ތަފާތުވެގެން އަބަދު މައްސަލަ ޖެހޭނަމަ، ދުރުވުން އެއީ އެންމެ ރަނގަޅުކަމެއްތަ؟ އަދި ދަރިއަކުވެސް ނެތެވެ. 

ޑރ. އިޔާޟްގެ ޖަވާބު:

އިސްތިޚާރާ ނަމާދު ކޮށްފަ ގޮތެއް ނިންމުން ރަނގަޅު

 

3 ފިރިމީހާ ރުޅި އައިސްގެން އަނބިމީހާ ޢާއި ދިމާއަށް ބުނީ ތިހިރީ ވަރިކޮށްފައޭ! ދެން ރުޅިމަޑުވެގެން މާފަށް އެދިފަ ކައިވެނި ރުޖޫޢަ ކުރީ. މިޙާލަތުގަ ކައިވެނި ޞައްޙަވާނެތޯ؟ 

ޑރ. އިޔާޟްގެ ޖަބާބު:

ވަރިވާނީ ވަރިއަށް. ރަޖްޢީ (ރުޖޫޢަ ކުރެވޭ) ވަރިއެއް ނަމަ ރުޖޫޢަ ވާނެއެވެ. ނަމަވެސް ކޯޓުގައި ރަޖިސްޓްރީކުރަންވާނެއެވެ. 

(ކޯޓުގައި ރަޖިސްޓްރީ ކުރަން ޖެހެނީ ވަރިކުރި އަދަދު ބެލެހެއްޓުމަށެވެ. 3 ފަށްވާ ޙާލަތުގައި ޢަދަދާއިމެދު ޚިލާފް އުފެދިދާނެ ކަމުގެ ބިރު އޮތުމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުގައިވެސް ކައިވެންޏާއި ވަރި ރަޖިސްޓްރީކުރަން ޖެހޭ ގޮތަށް އޮތުމުންނެވެ. )

 

4 މީހަކާ އިނުމަށްފަހު ފިރިމީހާ އަނބިމީހާ ގާތު ނުބުނެ ހިލޭ އަންހެނަކާއި ގުޅައި، އެކުގައި ތަންތަނަށް ދިއުމަކީ ކޮންކަހަލަ ކަމެއް؟ 

ޑރ. އިޔާޟްގެ ޖަވާބު: 

އަނބިމީހާ ގާތު ބުނެފައިވެސް އެފަދަ ކަމެއް ކޮށްގެން ނުވާނެއެވެ!

 

5 ކައިވެނީގެ ރަން ކައިވެނީގެ ވަލީމާގައި އެންމެންނަށް ފެންނާނެހެން ޢާންމުކޮށް ދައްކާފައި ބެހެއްޓުމަކީ ކޮންކަހލަ ކަމެއްތޯ؟ 

ޑރ. އިޔާޟްގެ ޖަވާބު:

މަނާކަމެއް ނޫން!

 

 

މިއަދު އޮންލައިން