ރަޖަބް މަހަށް ވުމަކުން ވަކި ދުވަހަކު ރޯދަ ހިފުމެއް ނެތް!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ރަޖަބް މަހަށް ވުމަކުން ވަކި ދުވަހަކު ރޯދަ ހިފުމެއް ނެތް!: ޑރ. އިޔާޟް

ރަޖަބް މަހަށްވީތީވެ ވަކި ދުވަހަކު ރޯދަ ހިފުމެއް ނެތެވެ. ނަމަވެސް ޢާންމު އުޞޫލުން ހަފްތާގެ ހޯމަ އަދި ބުރާސްފަތި ދުވަހާއި 13، 14، 15 މި ތިން ދުވަހު ރޯދަ ހިފުން ސުންނަތްވެގެންވެއެވެ. 

ރަޖަބް މަސް ޚާއްޞަކޮށްގެން ރޯދަ ހިފުމެއް ނެތެވެ. ނަމަވެސް އަޅުކަމުގެ ގޮތުން ސުންނަތް ރޯދައެއް ހިފާލަން ބޭނުންވާ މީހަކު ރަޖަބް މަހުގައިވެސް ސުންނަތް ރޯދައެއް ހިފުމަކީ މައްސަލައެއް ނޫނެވެ. ރަޖަބް މަހަށްވީތީ އެ މަހުގެ ވަކި ދުވަހެއް ޚާއްޞަވާގޮތަށް ރޯދަ ހިފުމެއް ނެތެވެ. 

ރަޖަބް މަހުގެ ފުރަތަމަ ދުވަހަކީ ރޯދަ ހިފުން ސުންނަތް ދުވަހެއް ނޫނެވެ. މީހަކު ރޯދައެއް ހިފަން ބޭނުންވެގެން ރަޖަބް މަހުގެ 1 ވަނަ ދުވަހު ވެސް ޜޯދައެއް ހިފުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް މީހަކަށް އެދުވަހަކީ ރޯދަހިފުން ސުންނަތް ދުވަހެއް ކަމަށް ޤަބޫލުކުރެވިގެން އެދުވަހު ރޯދަ ހިފައިފިނަމަ އެއީ މައްސަލައެކެވެ. (ސުންނަތުގައި ނެތްކަމެއް ސުންނަތެއް ކަމުގައި ޤަބޫލުކުރެވުނީތީ) 

ޙުރުމަތްތެރިވެގެންވާ 4 މަހަކީ މުޙައްރަމް، ރަޖަބް، ޛުލްޤައިދާ އަދި ޛުލްޙައްޖު މަހެވެ. ރަޖަބް މަހާއި ޝަޢްބާން މަހުގައި ބަރަކާތް ލައްވަވައި ހެޔޮ ހާލުކޮޅުގައި ރަމަޟާން މަހާއި ބައްދަލުކުރެއްވެވުމުގެ ނަޞީބު ދެއްވެވުން އެދިވަޑައިގެން ރަސޫލާ (ޞޢވ) ދުޢާ ކުރެއްވެވިއެވެ. 

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

މިއަހަރުގެ ރަޖަބް މަސް ފެށުނީ 8 މާރިޗް ވީ ހުކުރު ދުވަހުއެވެ.

މިއަދު އޮންލައިން