ނިޒާމް ބަދަލުކުރަން އުޅޭ މީހުންގެ ނުބައި އެޖެންޑާއެއް ފޮރުވިފައި އެބައޮތްކަން އެބައިމީހުން ދައްކާ ވާހަކަތަކުން ދަނީ ފަޅާ އަރަމުން ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
އެހެންކަމުން ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުން އެބައި މީހުންނަށް ނޫނެކޭ ބުނަން ޖެހޭ ކަމަށާއި އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަން ޙިމާޔަތްކުރަން ޖެހޭ ކަމަށްވެސް ޑރ. އިޔާޟް ވަނީ ވިދާޅުވެފައެވެ.
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "މަޖިލިސްގެ ލަގަން އެއްކޮށް ހޯދައި، ބައެއް މީހުންގެ މަޤްޞަދަކީ ނުޒާމް ބަދަލުކުރުން! އެއަށްފަހު ރައީސް ޞާލިޙްގެ ވެރިކަމުގައި ސިއްކަ ޖަހައި، ތިމާ ވެރިކަމަށް އައުން. މިއީ ވަރަށް ހީލަތްތެރި ޕްލޭނެއް! މިކަން ވިއަދީގެން ނުވާނެ! އެންމެން ވޯޓުދިނީ ރައީސް ޞާލިޙަށް. ރައްޔިތުންގެ އަތުގަ އަދިވެސް ބާރު އެބައޮތް. ވޯޓޭ ކިޔާ ބާރު!" ކަމަށް ވިދާޅުވެ ޝައިޚް ޢަލީ ޒައިދު ކުރެއްވި ޓްވީޓަކަށް ޖަވާބުދެއްވަމުންނެވެ.
— Ali Zaid (@alizaid1000) March 14, 2019