ވަޒިރުން މަގާމުން ވަކިކުރުމުގެ ގަވައިދަށް ވޯޓަށް ނާހައި، ސުޕްރީމް ކޯޓުގެ ލަފާއަކަށް އެދެނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ވަޒިރުން މަގާމުން ވަކިކުރުމުގެ ގަވައިދަށް ވޯޓަށް ނާހައި، ސުޕްރީމް ކޯޓުގެ ލަފާއަކަށް އެދެނީ

ވަޒިރުން މަގާމުން ވަކި ކުރުމުގައި އަމަލު ކުރާނެ ގަވައިދަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވޯޓަށް އެހުން މަޑުޖައްސާލައިފިއެވެ.

މިގޮތަށް ނިންމީ ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދުމަށް ޕާލިމެންޓްރީ ގުރޫޕް ލީޑަރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް މިއަދުގެ ޖަލްސާގައި ވިދާޅުވީ އާންމު ކޮމިޓީން ގަވައިދަށް ގެނައި އިސްލާހަށް ވޯޓަށް އެހުން މަޑުޖައްސައިލީ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު، ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން އެ ބޭފުޅުން ތާއީދު ކުރެއްވުމުން ކަމަށާއި ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށްފަހު ހުކުމް މުރާޖައާ ކުރުމުގެ ފުރުސަތު އޮތްތޯ ބެލުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމަވާފައިވާ ކަމަށެވެ.

ވަޒީރުން ވަކި ކުރެވޭ ގަވައިދު އެކުލަވާލުމުގެ މަސައްކަތް މަޖިލީހުން ފަށާފައި ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަަދު ދީދީގެ އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ވައްދާފައި ވަނިކޮށެވެ.

ވަޒީރުން ވަކި ކުރެވޭ ގަވައިދުގައި ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މީހުން ވަކި ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތްތަކާއި އެ ފަރާތްތަކަށް ލިބިދޭން ޖެހޭ ހައްގުތަކާއި ޖަވާބު ދާރީވުމުގައި އަމަލު ކުރަން ޖެހޭ ގޮތްތައް ހިމަނާފައި ވެއެވެ. އެގޮތުން އިތުބާރު ނެތް މައްސަލާގެ ދިފާއުގައި ވާހަކަ ދައްކަވާ ވަޒީރަކަށް، ފަނޑިޔާރަކަށް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރަކަށް ގާނޫނީ ވަކީލުން ބޭނުންވެއްޖެ ނަމަ އެ ފުރުސަތު ދޭން ޖެހެ އެވެ. އެގޮތުން ބޭނުން ކުރެވޭނީ ގިނަ ވެގެން ދެ ވަކީލެއް ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.   

 

މިއަދު އޮންލައިން