އައްޑޫސިޓީގައި އަޔުރްވެދިކް ބޭސްތަކެއް ވިއްކަން އުޅުނު އިންޑިއާގެ ފަސް ރައްޔިތަކު ފުލުހަށް ގެންގޮސްފި!

ކިޔުމަށް ހޭދަވާނީ 47ސ
އައްޑޫސިޓީގައި އަޔުރްވެދިކް ބޭސްތަކެއް ވިއްކަން އުޅުނު އިންޑިއާގެ ފަސް ރައްޔިތަކު ފުލުހަށް ގެންގޮސްފި!

އަޔުރްވެދިކް ބޭސްތަކެއް ވިއްކަން އުޅުނު އިންޑިއާގެ ފަސް ރައްޔިތަކާއި ސުވާލު ކުރުމަށް މިއަދު ފުލުހަށް ގެންގޮސްފިއެވެ.

 

މިކަމާއި ގުޅޭގޮތުން "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އިންޑިއާގެ އެފަސް ރައްޔިތުންނާއި ސުވާލު ކުރުމަށް ގެންގޮސްފައިވަނީ މިއަދު މެންދުރު 12:19 ހާއިރު ކަމަށާއި އެމީހުން ހައްޔަރު ނުކުރާ ކަމަށެވެ.

 

އޮފިޝަލު ވިދާޅުވީ ސުވާލު ކުރުމަށް ފުލުހަށް ގެންގޮސްފައިވަނީ މަރަދޫގައި ދިރިއުޅޭ އިންޑިއާގެ ދެ ރައްޔިތަކާއި ފޭދޫގައި ދިރިއުޅޭ ތިން ރައްޔިތެއް ކަމަށެވެ. މަރަދޫއިން ގެންދިޔަ ދެ މީހުން ގެންދިޔައީ އެރަށު ބަނދަރު ސަރަޙައްދުން ކަމަށާއި ފޭދޫއިން ފުލުހަށް ގެންދިޔަ ތިން މީހުން ގެންދިޔައީ އެރަށު ބައިސްޓްރޯ ރެސްޓޯޯރަންޓު ގައި ތިއްބާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވިއެވެ.

 

މިމައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރައްވަމުންނެވެ.

މިއަދު އޮންލައިން