ނަރަކައިގަ މީހުން ތިބޭނީ ބަންޑުން! ބަންޑުން އޮވެ ނިދުން ރަސޫލް (ޞޢވ) ވަނީ މަނާ ކުރައްވަވާފަ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ނަރަކައިގަ މީހުން ތިބޭނީ ބަންޑުން! ބަންޑުން އޮވެ ނިދުން ރަސޫލް (ޞޢވ) ވަނީ މަނާ ކުރައްވަވާފަ!: ޑރ. އިޔާޟް

"ނިދާއިރު ބަންޑުން އޮވެ ނިދުމަކީ ރަސޫލް (ޞޢވ) މަނާކުރައްވަވާފައިވާ ކަމެކެވެ. ނަރަކައިގެ އަހުލުވެރިން އޮންނާނީ ބަންޑުން ކަމަށާއި އެއީ ﷲ ކޯފާވެވޮޑިގެންވާ ގޮތެއް ކަމަށް ޙަދީޘްގައި އައިސްފައިވެއެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

މިބަސްފުޅުގެ ތަފްޞީލު ދެއްވަމުން ޑރ. އިޔާޟް ވިދާޅުވީ "ނަރަކައިގެ އަހުލުވެރިން އޮންނާނީ ބަންޑުން" ކަމަށް ބުނެވޭ ބަހުގެ މާނައަކީ ނަރަކައިގައި މީހުންނަށް އަޒާބު ލިބެމުންދާއިރު އެމީހުން ތިބޭނީ ބަންޑުންކަން ކަމަށެވެ. 

ނިދުމުގެ އަދަބުތަކުގެ ތެރޭގައި ނިދުމުގެ ކުރިން ވުޟޫ ކުރުމާއި، ޛިކްރްތައް ކިޔުމާއި އަދި ކަނައަތް ފަރާތަށް އޮވެ ނިދުން ހިމެނެއެވެ. 

މިފަދަ ކަންކަން ނުއެނގި ނަމަވެސް ބައެއް މީހުން ފަސޭހައަކަށް ބަންޑުން އޮވެ ނިދައެވެ. އިސްލާމް ދީނުގައި މިކަންކަން ބަޔާން ކުރައްވަވާފައި މިވަނީ މީގެ 1400 އަހަރު ކުރިންނެވެ. ޑޮކްޓަރުން މިއަދު މިކަންކަމަށް އެއްބަސްވެއެވެ. ބަންޑުން އޮވެ ނިދުމުން މައި ބަދައަށް މައްސަލަ ޖެހޭ ކަމަށާއި ތަފާތު މައްސަލަތައް ކުރިމަތިވެ ހަމަ ނިދި ލިބުމަށް ހުރަސް އެޅޭކަމަށްވެސް ޤަބޫލުކުރެއެވެ.

މިއަދު އޮންލައިން