މަޖިލީހުގަ ކުރިއަށް ގެންދެވޭނެ މައްސަލައެއް ނެތުމުން ޖަލްސާތައް މެދުކަނޑާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
މަޖިލީހުގަ ކުރިއަށް ގެންދެވޭނެ މައްސަލައެއް ނެތުމުން ޖަލްސާތައް މެދުކަނޑާލައިފި

ރައްޔިތުންގެ ޖަލްސާގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނެތުމުން ޖަލްސާތައް މެދުކަނޑާލައިފި އެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނަވައި މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވިދާޅުވީ މަޖިލީހަށް ހުށަހެޅިފައިވާ ހުރިހާ މައްސލަތަކެއްވެސް މިހާރު ހުރީ ކޮމިޓީ މަރުހަލާގައި ކަމަށެވެ. އެހެންކަމުން ކޮމިޓީތަކުގެ މަސައްކަތް ނިންމުމުން ނޫނީ އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަމަށެވެ. "އެހެންވެ ކޮމިޓީތަކުގައި ހުރި މައްސަލަތަކަށް ގޮތެއް ނިންމަންދެންނާއި އިތުރު މައްސަލައެއް ހުށަހެޅެންދެން މިވަގުތު ޖަލްސާތައް މެދުކަނޑައިލީ."

މިއަދުގެ ޖަލްސާ ނިންމަވައިލެއްވީ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނެ ދުވަހެއް ފަހުން އިއުލާނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މިއަދު އޮންލައިން