އިންޑިއާ އާއި އެކު ގާއިމުކުރާ ޖިނާއީ ކުށްތައް ހުއްޓުވުމުގެ އެއްބަސްވުމަށް ރުހުން ހޯދުމަށް މަޖިލީހަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
އިންޑިއާ އާއި އެކު ގާއިމުކުރާ ޖިނާއީ ކުށްތައް ހުއްޓުވުމުގެ އެއްބަސްވުމަށް ރުހުން ހޯދުމަށް މަޖިލީހަށް!

ދިވެހި ރާއްޖޭއާއި އިންޑިއާ އާއިއެކު ގާއިމުކުރާ ޖިނާއީ ކުށްތައް ހުއްޓުވުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރަން ނިންމުމާ ގުޅިގެން އެކަމަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފިއެވެ.

މި އެއްބަސްވުމުގައި ރާއްޖެ އަށް ސޮއި ކުރެވޭނީ މަޖިލިހުގެ މެމްބަރުންގެ ރުހުން ލިބިއްޖެ ނަމައެވެ.

ގާނޫނުއަސާސީގައިވަނީ ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ކުރާ ފަރާތުން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލު ކުރަން ވާނީ ރައްޔިތުންގެ މަޖިލިހުން ނިންމާ ގޮތެއްގެ މަތިންކަމަށެވެ.

ސަރުކާރުން ބުނެފައިވަނީ މިއެއްބަސްވުމުގެ ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާ އެކު، ޖިނާއީ ކުށްތައް ހުއްޓުވުމަށް އެއްބާރުލުން ދިނުންކަމަށެވެ.

 

 

 

މިއަދު އޮންލައިން