ވޯޓުލާ މީހުންގެ ދާއިމީ ލިސްޓް އިލެކްޝަންސް ކޮމިޝަނުން ނެރެފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 30ސ
ވޯޓުލާ މީހުންގެ ދާއިމީ ލިސްޓް އިލެކްޝަންސް ކޮމިޝަނުން ނެރެފި

އަންނަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާ މީހުންގެ ދާއިމީ ލިސްޓް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ ނެރެފިއެވެ.

މި ލިސްޓުގައި 264،442 މީހުންނަށް އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ލިބިފައިވެއެވެ.

މިއިންތިހާބުގައި 300 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އެންމެ ގިނަ ކެންޑިޑޭޓުން ނުކުންނަނީ އެމްޑީޕީއިންނެވެ. އަންނަ މަޖިލީހަށް 87 މެންބަރުން އިންތިހާބު ކުރަން ޖެހެ އެވެ.

މިއަދު އޮންލައިން