އެތައްބައަކު ސަލާމަތްކުރުމަށްފަހު އަމިއްލައަށް ސަލާމަތް ވުމުގެ ފުރުޞަތު ދޫކޮށްލައި ފިރިމީހާ ސަލާމަތްކުރަން ދަނިކޮށް ޝަހީދުކޮށްލި އަންހެނެއްގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
އެތައްބައަކު ސަލާމަތްކުރުމަށްފަހު އަމިއްލައަށް ސަލާމަތް ވުމުގެ ފުރުޞަތު ދޫކޮށްލައި ފިރިމީހާ ސަލާމަތްކުރަން ދަނިކޮށް ޝަހީދުކޮށްލި އަންހެނެއްގެ ވާހަކަ!

އަހަރެންގެ އަންހެނުންނަކީ އެހެން މީހުންނަށް ޚިދުމަތް ކުރަން އެއްވެސް މަޤާމެއް ބޭނުންވާ ކަމަށް ޤަބޫލުކުރާ މީހެއް ނޫނެވެ. އޭނާ އަބަދުވެސް ބުނަމުން އައީ މީހުންނަށް އެހީތެރިވާން އެއްވެސް މަޤާމެއް ބޭނުން ނުވާނެ ކަމަށާއި މީހުންނަށް އެހީތެރިވުމަކީ މަޤާމަކުން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި އެއީ އިންސާނިއްޔަތަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށެވެ.

ބަޑިޖެހި ވަގުތުވެސް ވީ އެފަދަ ގޮތެކެވެ. ޓެރަރިސްޓް ބަޑިޖަހަން ފެށީ ފިރިހެނުން ތިބި ބައިގައެވެ. ބަޑިޖަހަން ފެށުމާއިއެކު އެނާ ތެދުވެ އެހެން މީހުންނަށް އިރުޝާދުދީ އެތަނުން ގިނަ ބައަކު ނެރެގެން ގެންގޮސް މިސްކިތުގެ ދޮރުންވެސް ބޭރަށް ނެރެދިނެވެ. އެކަންކަން ކުރުމަށްފަހު ޖަހަމުން ދިއަ ބަޑިއަށް ބެލުމެއް ނެތި އޭނާ އައީ އަހަރެން ސަލާމަތް ކުރެވޭތޯއެވެ. އޭނާގެ ގައަށް ބަޑިޖަހައި ޝަހީދުކޮށްލީ އަހަރެން ހޯދަން ފިރިހެނުންގެ ފަޅިއަށް ވަންނަމުން އައި ވަގުތުއެވެ. 

އަންހެނުން ޝަހީދުވިކަން އެނގުނީ ފޮޓޯތައް ސޯޝަލް މީޑިއާގައި ޢާންމުކުރުމުންނެވެ. ފޮޓޯ ފެނިގެން ގިނަ ބައަކު ގުޅިއެވެ. އަދި ބައްދަލުވެސް ކުރިއެވެ.

ބަޑިޖެހިމީހާ ރުޅި އައިސް ރުޅިގަދަވެފައި ހުރީ ވަކިވަރަކަށް ނޫނެވެ. އެކެއްގެ ގައަށް 3، 4 ފަހަރުވެސް ބަޑިޖެހިއެވެ. އަހަރެންނަށް އިނދެވުނު ތަނުގެ ގޮތުން އޭނާ ކުރި ކަންކަން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގުނެވެ. އިވުނު އަޑުތަކަށް ބަލާއިރު އޭނާ 7 މެގަޒިން ލޯޑުކުރިއެވެ.

ބަޑިޖަހަން ފެށުމުން ސަލާމަތްވާން ގިނަ ބައަކު ކޮޅުކޮޅަށް ދުވިއެވެ. ނަމަވެސް ފުރޮޅުލީ ގޮނޑީގައި އިންނަން ޖެހިފައިވާތީ އެއްވެސް ކޮޅަކަށް ނުދެވި މަރު އަތްމައްޗަށް ލައިގެން އިނީއެވެ. ދުޢާކުރުންމަތީގައެވެ. 

މިއީ އެކްސިޑެންޓެއްގެ ސަބަބުން ފައަށް ލިބުނު ގެއްލުމެއްގެ ސަބަބުން ފުރޮޅުލީ ގޮނޑީގައި އިންނަން ޖެހިފައިވާ ޕާކިސްތާނަށް ނިޞްބަތްވާ މީހަކު ކިޔައިދީފައިވާ ވާހަކައެވެ.

މިއަދު އޮންލައިން