އެއްބަސްވެފައިވާ މުއްދަތަށް ކުލި ދެއްކުމަށް ބާރު އެޅުމުގެ ގޮތުން ކުލި ނުދައްކައި ލަސްވާ ދުވަސްތަކަށް ޖުރުމަނާ އަރާ ގޮތަށް ހެދިދާނެއެވެ. (ޖުރުމަނާ ކުރެވިދާނެއެވެ.) ނަމަވެސް އެ ފައިސާ ޖެހޭނީ ޞަދަޤާތް ކުރާށެވެ!
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޑރ. އިޔާޟްގެ މި ބަސްފުޅުން އެނގެނީ އެއްބަސްވެފައިވާ މުއްދަތަށް ކުލި ނުދައްކާނަމަ ނުދައްކައި ލަސްވާ ދުވަސްތަކަށް ޖުރުމަނާ ނެގިދާނެ ކަމެވެ. ނަމަވެސް އެގޮތުން ނަގާ ފައިސާ އަމިއްލައަށް ބޭނުންކޮށްގެން ނުވާނެ ކަމަށާއި ޖެހޭނީ ޞަދަޤާތްކުރަން ކަމެވެ.
މިއި މިހާރަކަށް އައިސް ވަރަށް ޢާންމު ކަމަކަށްވެފައި އޮތުމުން ޖުރުމަނާކޮށް އިތުރަށް ފައިސާ ނަގާ ފަރާތްތަކުން ޝައިޚުގެ މިބަސްފުޅަށް ސަމާލުކަން ދިނުން ވަރަށް މުހިންމު ކަމުގައި ފާހަގަކުރެވެއެވެ.