ރިޔާސީ ކޮމިޝަނުގެ ބިލު ފާސް ނުވިނަމަވެސް ދަނީ މައްސަލަތައް ބަލައި ބަންދުކުރަން ޖެހޭ މީހުން ބަންދުކުރަމުން- މައްސަލައަކީ ކޮބާ؟: އަމީން އިބްރާހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ރިޔާސީ ކޮމިޝަނުގެ ބިލު ފާސް ނުވިނަމަވެސް ދަނީ މައްސަލަތައް ބަލައި ބަންދުކުރަން ޖެހޭ މީހުން ބަންދުކުރަމުން- މައްސަލައަކީ ކޮބާ؟: އަމީން އިބްރާހީމް

ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ ރިޔާސީ ކޮމިޝަނުގެ ބިލު މަޖިލީހުން އަދި ފާސް ނުވިނަމަވެސް ދަނީ މައްސަލަތައް ބަލައި ބަންދުކުރަން ޖެހޭ މީހުން ބަންދުކުރަމުން ކަމަށްވުމުން މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ސަރުކާރަށް މިހާރުވެސް އޮތް މައްސަލައަކީ ކޮބައިތޯ ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހީމް ސުވާލުކުރައްވައިފިއެވެ.

އަމީން އިބްރާހީމް މިމޭރުމުން ވިދާޅުވެ ސުވާލު އުފެއްދެވީ ރިޔާސީ ކޮމިޝަނުގެ ބިލު މަޖިލީހުން ފާސް ނުކުރަނީ މައްސަލަތައް ބެލުމަށް ހުރަސް އެޅުމަށް ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކާއި ގުޅިގެންނެވެ.

އަމީން އިބްރާހީމްގެ ވާހަކަފުޅުން:

ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސް ނުވި ނަމަވެސް މިހާރުވެސް ވަނީ ގިނަ މައްސަލަތަކެއް ބަލައި ނިމިފައިކަން އެ ކޮމިޝަނުގެ ރައީސް މިހާރުވެސް ވަނީ ހާމަކުރައްވައިފައެވެ. ބިލް ފާސް ނުކުރި ނަމަވެސް ރައީސް ޔާމީނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެއިރުގެ ޗީފް އޮފް ސްޓާފް ހައްޔަރުކުރެވިއްޖެއެވެ. އެމްއެމްޕީއާރުސީން ފައިސާ ލިބުނު ބައެއް މީހުންގެ ތަފްޞީލުތައް ވެސް ޢާންމުވެއްޖެއެވެ.

(އަނެއްބައި ޢާންމު ނުކުރެވި ވަނީ އޭސީސީއިން އެ މައުލޫމާތު ހާމަނުކޮށް ހިފަހައްޓާތީއެވެ. ބިލް ފާސް ނުވާތީއެއް ނޫނެވެ.) ވީމާ މިއުޅެނީ ބިލެއް ފާސް ނުކުރެވުމުގެ މައްސަލައެއް ނޫނެވެ. އެ ބިލް ފާސް ނުވި ނަމަވެސް ކުރަން ބޭނުންތަކެއް ދަނީ ކުރެވެމުންނެވެ.

މާޒީއަށް ބަލައިފިނަމަ އީވާން ނަސީމް މަރައިލި މައްސަލަ ރިޔާސީ ކޮމިޝަނަކުން ތަހްޤީޤް ކުރިއެވެ. ކުށްވެރިވާ މީހުންނަށް އަދަބުވެސް ދިނެވެ. އެކޮމިޝަނަކަށް ޤާނޫނީ އިތުރު އެއްވެސް ބާރެއް ނުދެއެވެ. މިއަދު އެކަން އެގޮތަށް ނުކުރެވެންވީ ކީއްވެގެން ހެއްޔެވެ؟ ކަމާއިބެހޭ މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ އިތުބާރު ނުކުރައްވާނަމަ ކޮމިޝަންތައް ބަދަލުކުރެއްވުމުގެ ބާރު އެމަނިކުފާނަށް މިއަދުވެސް އެބަ އޮތެވެ.

މައްސަލަތައް ތަޙްޤީޤް ކުރުމުގެ ހުރިހާ ބާރުތަކެއް ފުލުހުންނަށް ވަނީ ލިބިފައެވެ. ފުލުހުންގެ މުއައްސަސާއަށް އިތުބާރު ނުކުރައްވާނަމަ ވެރިން ބަދަލުކުރެވުމުގެ ހުރިހާ ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ލިބިވަޑައިގެންފައެވެ. ވީމާ ތަޙްޤީޤްތައް ކުރިއަށް ގެންދަން ބޭނުންވާ ބާރު މިނެއްގައި ކުރިއަށް ގެންދަން އެއްވެސް ހުރަހެއް އޮތް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

މިއަދު އޮންލައިން