ފުރަތަމަ 100 ދުވަސް ތެރޭ ވައުދުތަކުގެ 85 އިންސައްތަ ޙާޞިލުކުރެވުނީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް އޮވެގެނެއް ނޫން: އަމީން އިބްރާހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 11ސ
ފުރަތަމަ 100 ދުވަސް ތެރޭ ވައުދުތަކުގެ 85 އިންސައްތަ ޙާޞިލުކުރެވުނީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް އޮވެގެނެއް ނޫން: އަމީން އިބްރާހީމް

ސަރުކާރުގެ ފުރަތަމަ 100 ދުވަސް ފާއިތުވެގެން ދިއައިރު ވައުދުތަކުގެ 85 އިންސައްތަ ޙާޞިލުކުރެވިއްޖެ ކަމަށާއި ޙާޞިލުކުރީ ވަކި ޕާޓީއަކަށް (އެމްޑީޕީއަށް) މަޖިލީހުގެ މެޖޯރިޓީ އޮވެގެން ނޫން ކަމަށް ޖޭޕީގެ ނައިބް ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

އަމީން އިބްރާހީމް ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަސް ތެރޭ ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ 85 އިންސައްތަ ޙާޞިލުކުރެވުނީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ނެތި ކޯލިޝަނަށް އޮވެގެން ކަމަށެވެ. އެހެންކަމުން ވަކި ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ ނެތިވެސް މިދަނީ ސަރުކާރުން ކުރަން ބޭނުންވާ ކަންކަން ކުރެވެމުން ކަމަށާއި އަދިވެސް ކުރެވޭނެ ކަމަށާއި ވަކި ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ ނެތިގެން ސަރުކާރު ބަލިކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އަމީން އިބްރާހީމްގެ ވާހަކަފުޅުން:

2018 ވަނަ އަހަރުގެ ކާމިޔާބީއަކީ 2014 ވަނަ އަހަރު ފެށުނު ވަރަށް ގިނަ އަދި ބުރަ މަސައްކަތްތަކެއްގެ ނަތީޖާއެވެ. އަދި އަދި ވަރަށް ގިނަ ބައެއްގެ ބައިވެރިވުން އޮތް ވަރަށް ގިނަ ބައަކަށް ބޮޑެތި ތަކްލީފްތަކެއް އުފުލަން ޖެހުނު، އަދި ވަރަށް ގިނަ ބައަކަށް ބޮޑެތި އަނިޔާތަކާއި އަދަބުތައް ލިބިގެންދިއަ މަސައްކަތްތަކެއްގެ ނަތީޖާއެވެ. އެ މަސައްކަތްތަކުގައި ބައެއް މީހުންގެ ފުރާނަމވެސް ވަނީ ޤްރްބާން ކުރެވިގެން ގޮސްފައެވެ. ވީމާ އެއީ އެކެއްގެ ނުވަތަ އެއް ޕާޓީއަކުން މަސައްކަތްކޮށްގެން ހޯދުނު ނަތީޖާއެއް ނޫނެވެ. ވަރަށް ފޮނި އުންމީދުތަކެއްގެ ނަތީޖާއެވެ.

4 އަހަރުވަންދެން ދައްކަމުން ގެންދިއައީ ރައްޔިތުންނަށް ހޯދައިދޭނެ ކުރިއެރުންތަކާއި މިހާރު ރާއްޖޭގައި އުފެދިފައި މިވާ ސިޔާސީ ހަމަނުޖެހުންތަކަށް ޖާގަ ނުދޭނެ ކަމުގެ ވާހަކަތަކެވެ. ރައްޔިތުންނަށް ވާނީ ބަދަލުތައް ގެންނަން ޖެހޭ ސަބަބުތައް ކިޔައިދީ ރައްޔިތުންނަށް ގެއްލިފައިވާ ޙައްޤުތައް އަނބުރައި ހޯދައިދޭނެ ކަމުގެ ޔަޤީންކަން ދީފައެވެ. ރައްޔިތުން ބަލައިގަތީ މިކަންކަމެވެ.

ރައީސް ޔާމީނު ބަލިކުރެވުނީ ކޯލިޝަނުގެ 4 ލީޑަރުން ގުޅިގެން މި 5 އަހަރު ތިބޭނެކަމަށް ވީ ވައުދުގެ މައްޗަށް ރައްޔިތުން އިތުބާރުކޮށް ދިން ވޯޓުންނެވެ. އެންމެ މުހިންމު ވައުދަކީވެސް އެއީއެވެ. އެ ވައުދު ފޭލްވެއްޖެ ނަމަ ހުރިހާ ވައުދެއް އެ ދިއައީއެވެ. އިންތިކާބު އައިސް ކުރިމަތިވި އިރު 4 ލީޑަރުން ކުރެ އެއްވެސް ބޭފުޅަކު ތިއްބެވީ އިންތިޚާބަށް ކުރިމަތިލެއްވޭނެ ހާލަތެއްގައެއް ނޫނެވެ. އެހެންކަމުން 4 ލީޑަރުން މަޝްވަރާ ކުރައްވައިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ގެނައީ ހުރިހާ ފިކުރަކަށް ތާއީދު ކުރައްވައިގެން ނިޔާމް ދަތުރެއް ކުރައްވައި އަމާން އަށްސޭރިއަކަށް ވަޑައިގެންނެވޭނެ ކަމުގެ ފުރިހަމަ އިތުބާރުގައެވެ. މިއަދުވެސް މިތިބީ ހަމަ އެ އިންތިޒާރުގައެވެ.

ވެރިކަން ކުރަން އެއްބަސްވީ 4 ޕާޓީންވެސް ބޭނުންވާ ކަންތައްތަކެއް ހާޞިލުކުރުމަށް ޖާގަދޭ ގޮތަށެވެ. އެގޮތުން އެންމެ ބޮޑު ޕާޓީއަކަށް އޮތް އެމްޑީޕީ ބޭނުންވުމުން ރައީސުލްޖުމްހޫރިއްޔާކަން އެމްޑީޕީއަށް ދޫކޮށްލީއެވެ. ދެން ހުރި މަޤާމުތައް ކަނޑައެޅޭ ނިޞްބަތަކުން ޕާޓީތަކަށް ބަހަން އެއްބަސްވީއެވެ. އެއިގެ ތެރޭގައި މަޖިލީހާއި ލޯކަލް ކައުންސިލް ތަކުގެ ގޮނޑިތައްވެސް ހިމެނެއެވެ. މިކަމަށް އެއްބަސްވުންތަކެއްވެ ސޮއިވެސް ކުރެވުނެވެ. އެފަދަ އެއްބަސްވުން ތަކެއް ނެތް ކަމަށް މިހާރު ބައަކު ބުނި ނަމަވެސް އެއްބަސްވުންތައް މިހާރު ހާމަކޮށްފައިވުމުން އެއްބަސްވުންތަކެއް ހުރިކަން މިހާރު ރައްޔިތުންނަށް އެނގޭނެއެވެ.

"18، 19" ކޮމިޓީއަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކުރުމަށާއި 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ގުޅިގެން މަސައްކަތް ކުރުމަށް ކަންކަން ނިންމައި އެއްބަސްވުންތައް އެކުލަވައިލުމަށް އެކުލަވައިލި ކޮމިޓީއެކެވެ.

އަދިވެސް ކަންކަން ޙައްލު ކުރެވޭނީ ގުޅިގެން މަސައްކަތްކޮށްގެންނެވެ. މަޖިލިސް އިންތިޚާބުގައި ޚިޔާލުތަފާތުވި ނަމަވެސް އެކަންކަން ދޫކޮށްލައި އެކުގައި މަސައްކަތްކޮށްގެން ނޫނީ ޞުލްޙަވެރިކަމާއިއެކު ކުރިއަށްދާން ހުރަސްތަކެއް ކުރިމަތިވާނެއެވެ. ވީމާ އެންމެން ގުޅިގެން މަސައްކަތްކުރަން އެބަޖެހެއެވެ. އަމިއްލަ އެދުން ކުރިއަށް ނެރެގެން މަސައްކަތް ކުރާނަމަ ދާނީ ތަފާތު މައްސަލަތައް ކުރިމަތިވަމުންނެވެ.

މިއަދު އޮންލައިން