ޓްރެފިކް އެވެއަރނަސް ޕްރޮގްރާމެއް ތ . އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ކުރިއަށްގެންގޮސްފި

ކިޔުމަށް ހޭދަވާނީ 1މ 12ސ
ޓްރެފިކް އެވެއަރނަސް ޕްރޮގްރާމެއް  ތ . އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް  ކުރިއަށްގެންގޮސްފި

 ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިފެކްޓް ދަރިވަރުންނަށް ޓްރެފިކް އެވެއަރނަސް ޕްރޮގްރާމެއް ތިމަރަފުށި ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

ތިމަރަފުށި ޕޮލިސް ސްޓޭޝަނާއި ތ. އަތޮޅު ތަޢުލީމީ މަރުކަޒު ގުޅިގެން މާރިޗް 19 ވަނަ ދުވަހު ތިމަރަފުށީ ސްކޫލްގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި، ފުލުހުންގެ ދައުރަކީ ކޮބައިކަމާއި ޤާނޫނުތައް ނަގަހައްޓަން ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މަޢުލޫމާތު ދީފައިވެއެވެ.

އަދި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި އެޤާނޫނުން ބާރުލިބިގެން ހެދިފައިވާ ޤަވާއިދުތަކާއި ބެހޭގޮތުންނާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމުގައި ދަރިވަރުން ސަމާލުކަން ދޭންޖެހޭ ކަންތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ޓްރެފިކް ކޮންޓްރޯލްކޮށް މެނޭޖްކުރުމާއި، ދަރިވަރުން މަގުމަތީގައި ހަރަކާތްެތެރިވާއިރު އަމަލުތައް ބަހައްޓަންވީގޮތް ކިޔައިދިނުމުގެ އިތުރުން އާންމުންނާއި މުޢާމަލާތު ކުރުމުގައި ކެތްތެރިކަމާއެކު ރިވެތި ބަހުން މުޢާމަލާތު ކުރުމަށް ނަސޭހަތްތެރިވެ، މަސައްކަތްތައް ބައްޓަން ކުރަންވީ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ވެސް ދީފައިވެއެވެ.

މީގެ އިތުރުން ނިމިދިޔަ ހަފްތާގައި ތިމަރަފުށީގައި ހިނގާދިޔަ އެކްސިޑެންޓްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމާއި އެކްސިޑެންޓްތައް މަދުކުރުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާއި އަދި ބައިސްކަލް ދުއްވުމުގައި ފަރުވާތެރިވުމަށް ނަސޭހަތް ތެރިވެފައިވެއެވެ.

މި ޕްރޮގްރާމްގައި އެ ސުކޫލްގެ 35 ޕްރިފެކްޓުން ބައިވެރިވެފައިވެއެވެ.

މިއަދު އޮންލައިން