ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 38ސ
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

 ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

 

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މީހަކު ކާޑެއްދުއަށް ގިނައަދަދެއްގެ މަސްތުވާތަކެތި ގެންދަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކުރީ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ.

 ހުޅުމާލޭ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މާރިޗް 19 ވަނަ ދުވަހުގެ ހެނދުނު 10:44 ހާއިރު ހިންގި މިއޮޕަރޭޝަނުގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން، ކޯޓު އަމުރެއްގެ ދަށުން މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ޖޫސްޕެޓީ ދެ ކޮތަޅު  އެމީހާގެ އަތުން ފެނިފައިފައިވެއެވެ.

 މިމައްސަލަ އިތުރަށް ހުޅުމާލޭ  ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ

މިއަދު އޮންލައިން