ޓެރަރިސްޓް، އެންމެ ނުރައްކާތެރި ކުށްވެރިން ބަންދުކުރާ ޖަލަކަށް ބަދަލުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ޓެރަރިސްޓް، އެންމެ ނުރައްކާތެރި ކުށްވެރިން ބަންދުކުރާ ޖަލަކަށް ބަދަލުކޮށްފި

ނިޔުޒީލަންޑުގެ 2 މިސްކިތުގައި ދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން ޖަލަށްލާފައިވާ ޓެރަރިސްޓު އެންމެ ނުރައްކައުތެރި ކުށްވެރިން ބަންދުގައި ބައިތިއްބާ އޯކްލަންޑުގެ ޖަލަކަށް ބަދަލުކޮށްފިއެވެ. އެ ޖަލަކީ މީހުން މަރާ މީހުންނާއި ޑްރަގް ޓްރެފިކް ކުރާ ނުރައްކާތެރި ކުށްވެރިން ބަންދުކުރާ ޖަލެކެވެ. އެ ޖަލުގައި ތިބި ޤައިދީން ވެސް އޭނާއަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރުއޮތުމުން ފުލުހުން ގެންދަނީ 24 ގަޑިއިރު އޭނާ ބަލަހައްޓަމުންނެވެ. 

ހުކުރު ދުވަހު ޝަހީދުވި މީހުންގެ ހަނދާނުގައި އަންނަ ހުކުރު ދުވަހު 2 މިނިޓުގެ ސްކޫތެއް ގެނައުމަށާއި ހުކުރު ދުވަހަކީ ޤައުމީ ހިތާމަ ފައުޅުކުރުމުގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރުމަށްވެސް ވަނީ ނިންމައިފައެވެ. މީގެ އިތުރުން ހުރިހާ ދީންތަކެއްގެ މީހުން ބައިވެރިވާ އަޅުކަމުގެ ރަސްމިއްޔާތުތަކެއް ކުރިއަށް ގެންދަންވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފައެވެ. 

ޓެރަރިސްޓު ހަމަލާ އާއި ގުޅިގެން މުސްލިމުންނާއި އެއްބައިވަންތަކަން ހާމަކުރެއްވުމުގެ ގޮތުން ބޮޑުވަޒީރު މިހާރުވެސް ގެންދަވަނީ ޚާއްޞަ ކަންތައްތަކެއް ކުރައްވަމުންނެވެ. ހިޖާބް އަޅުއްވައިގެން މުސްލިމުންނާއި ބައްދަލުކުރެއްވުމުގެ އިތުރުން އަނގާރަ ދުވަހު ބޭއްވި ޕާލަމެންޓް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަން ފޭށްޓެވީވެސް އަދި ނިންމަވައި ލެއްވެވީވެސް އިސްލާމް ދީނުގެ ރިވެތި ސަލާމުންނެވެ.

މިއަދު އޮންލައިން