މިފްކޯގެ ވޭނެއް ހުއްޓުވާ ދެ މިލިއަން ރުފިޔާ ފޭރިގެންފި!

ކިޔުމަށް ހޭދަވާނީ 1މ
މިފްކޯގެ ވޭނެއް ހުއްޓުވާ ދެ މިލިއަން ރުފިޔާ ފޭރިގެންފި!

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ވޭނެއް މަގުމަތިން ހުއްޓުވާ، ދެ މިލިއަން ރުފިޔާ ފޭރިގެންފިއެވެ.

 

އެނގިފައިވާ ގޮތުގައި އެކުންފުނީގެ ހެޑް އޮފީހުން ދެ މިލިއަން ރުފިޔާގެ ފައިސާ ހިފައިގެން ދިޔަ ވޭން، ބޭރު މަގުން ދުއްވާފައި ދަނިކޮށް އޭގެ ތެރޭގައި ތިބި މީހުންނަށް ބިރު ދައްކާ، ހުއްޓުވާފައިވަނީ މޫނު ނިވާކޮށްގެން އައި ބައެކެވެ. ވޭން ހުއްޓުމުން ކޯރާޑިއަކުން ޖަހާ ވޭނުގެ ބިއްލޫރިގަނޑު ތަޅާލުމަށްފަހު އޭގެ ތެރޭގައި ހުރި ހުރިހާ ފައިސާތަކެއް ވަނީ ފޭރިގެންފައެވެ.

 

އެފައިސާއަކީ މިފްކޯގެ މައި އޮފީހުން ފެލިވަރަށް ގެންދަން އުޅުނު ފައިސާތަކެއް ކަމަށާއި ފޭރުމުގެ މިއަމަލު ހިނގިއިރު އެވޭނުގައި ތިބީ ޑްރައިވަރާއެކު އެކުންފުނީގެ މުވައްޒަފެއް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. ކޯރާޑިން ޖަހާ ބިއްލޫރުގަނޑު ތަޅާލިއިރު އެތެރޭގައި ތިބި ދެމީހުންނަށް ވެސް ކުދި އަނިޔާތަކެއް ވެފައިވެއެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ފެރުމުގެ މައްސަލައެއް މިއަދު މެންދުރުފަހު 15:15 ގައި ރިޕޯޓު ކޮށްފައިވުމާއި ގުޅިގެން ފުލުހުން އެމައްސަލަ މިހާރުވެސް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. އިތުރު ތަފްސީލެއް މިވަގުތު ހާމަ ކުރެވެން ނެތް ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން