ބިދޭސީއެއްގެ އަތުން ފޯނެއް ފޭރިގަތް ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
ބިދޭސީއެއްގެ އަތުން ފޯނެއް ފޭރިގަތް ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި!

ފެންޓަސީ ސްޓޯ ކައިރިން ހިނގާފައި ދިޔަ ބިދޭސީއެްްގެ އަތުން ފޯނެއް ފޭރިގަތް ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް މިރޭ ގެންގޮސްފިއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިރޭ 19:15 ހާއިރު ހިނގި މިހާދިސާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުކުރުން 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ އެލްސިއޯން ބޭކަރީ ކައިރިންނެވެ.

އެކުއްޖާ ގެނެސް ބަލައިފާސް ކުރިއިރު، އޭނާ ލައިގެން ހުރި ޖީންސްގެ ކަނާތްފަރާތު ކުރިމަތީ ޖީބުން ވާވޭ ބްރޭންޑުގެ ފޯނެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. 

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިއަދު އޮންލައިން