މަޖިލީހަށް އިންތިޚާބުކުރެވޭ ބޭފުޅުންނަކީ ޚިޔާލު ތަފާތު ބޭފުޅުންނާއި ރިވެތި ބަހުރުވައިން ވާހަކަ ދައްކަވަން އެނގިވަޑައިގަންނަވާ ބޭފުޅުންނަށް ވާންޖެހޭނެ ކަމަށާއި އަދި ކޯފާ އިސްކުރައްވައި ހަޑިހުތުރު އެއްޗެތި ވިދާޅުވާ ބޭފުޅުންނަށް ވެގެން ނުވާނެކަމަށް ޑރ. މުޙައްމދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
މަޖިލީހަށް އިންތިޚާބުކުރެވޭ މެންބަރުންނަކީ ރުޅި އަންނަ ހިނދު އަނެކާއަށް އަނިޔާ ކުރާ ޒާތުގެ މީހަކަށްވެސް ވެގެން ނުވާނެ ކަމަށާއި އިސްލާމް ދީނަކީ އަންހެނުންނަށް ވަރަށް މަތީ ޤަދަރާއި އިހްތިރާމް ދެއްވާފައިވާ ދީނަކަށްވާއިރު އަންހެނުންނަށް ޙައްޤު އިޙްތިރާމް ކުރާ ބައަކަށްވެސް ވާންޖެހޭނެ ކަމަށްވެސް ޑރ. އިޔާމް ވަނީ ވިދާޅުވެފައެވެ.