އިޙުސާނު ފިހާރަ ކައިރީ ޕާކު ކޮށްފަ ހުރި ސައިކަލުތަކެއްގައި ރޯކޮށްލައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 30ސ
އިޙުސާނު ފިހާރަ ކައިރީ ޕާކު ކޮށްފަ ހުރި ސައިކަލުތަކެއްގައި ރޯކޮށްލައިފި

މާފަންނު އިހުސާނު ފިހާރަ ކައިރީ ޕާކުކޮށްފައި ހުރި ސައިކަލު ތަކެއްގައި ރޭ ދަންވަރު ބަޔަކު އަލިފާން ރޯކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ރޭ ދަންވަރު 3:45 ހާއިރު ހިނގި މިހާދިސާގައި ހަތް ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށާއި ދެ ސައިކަލަކަށް އެކި ވަރުގެ ގެއްލުންވެފައިވެއެވެ.

އަދި ސައިކަލުތައއ ޕަަކު ކޮށްފައިހުރި ދިމާލުގައި ހުރި ގެއަށް ވެސް އަލިފާނުގެ އަސަރު ކޮންމެވެސް ވަރަކަށް ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިއަދު އޮންލައިން