ގއ. ދާންދޫ ސްކޫލްގެ ދަރިވަރުންނަށް ނަޞޭޙަތްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މާރިޗު 20 ވަނަ ދުވަހު ދާންދޫ ސްކޫލްގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ އެސެމްބްލީގައި ދަރިވަރުންނަށް ނަޞޭޙަތްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ އަޙްމަދެވެ.
އެގޮތުން ދަރިވަރުންގެ އަޚްލާޤު ރަނގަޅު ގޮތުގައި އެއް މިންވަރެއްގައި ހިފެހެއްޓުމަށާއި އެއްވެސް ކުއްޖަކު އެއްވެސް ކަމެއްގައި އިން ފަހަނައަޅައި ނުދިޔުމަށް ނަޞޭޙަތްތެރިވެފައިވެއެވެ. އަދި ކިޔެވުމަށް މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދިނުމަށާއި ތިމާއަށް ވުރެ ބޮޑެތި މީހުންނަށް އިޙްތިރާމު ކުރުމަށް ނަޞޭޙަތްތެރިވެފައިވެއެވެ.
މީގެއިތުރުން ސްކޫލުގައާއި ސްކޫލުން ބޭރުގައިވެސް ކޮންމެ ކުއްޖެއްގެވެސް ބަސްމަގު ރީތިކޮށް ބެހެއްޓުމަށާއި ސްކޫލުގައި ހެދިފައިވާ ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ނަޞޭޙަތްތެރިވެފައިވެއެވެ.
މިޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި އެސްކޫލްގެ ވަރަށްބޮޑު އެއްބާރުލުން ލިބިފަވެއެވެ.