ހ.ދ އަތޮޅު ސްޓޭޓް ހައުސް ހުޅުވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 44ސ
ހ.ދ އަތޮޅު ސްޓޭޓް ހައުސް ހުޅުވައިފި

ހ.ދ އަތޮޅު ސްޓޭޓް ހައުސް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބުދުﷲ ހުޅުވައިދެއްވައިފިއެވެ.

ހދ އަތޮޅުގެއަށް ބޮޑެތި މަރާމާތުތަކެއް ގެނެސް، އަތޮޅު ސްޓޭޓް ހައުސް ގެ ނަމުގައި މިތަން ހުޅުވިއިރު މިތަނުގައި 16 ރޫމާއެކު ރައީސުންގެ ފެންވަރުގެ ކޮޓަރިތަކާއި ވަޒީރުން ފެންވަރުގެ ކޮޓަރިތައްވެސް ވަނީ ހަދާފައެވެ.

ސްޓޭޓް ހައުސް ހުޅުވައިދެއްވުމަށް ފަހު މިނިސްޓަރު އިމްރާން ވިދާޅުވީ ސިޔާސީގޮތުން ބައެއް ކަހަލަ ގޮންޖެހުންތައް ހުރިކަމަށްވީނަމަވެސް މުޅި ގައުމުގެ ތަރައްގީ އާއި އިޖުތިމާއީ ކުރިއެރުން ނެރެ އެއް މިސްރާބަކަށް ގެނެސްދޭން ޖެހޭކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ހަސަން ވިދާޅުވީ މިތަނުން ލިބޭ އާންމުދަނީ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ފައިދާކުރާނެ ކަންތައްތައް ކުރާނެ ކަމަށެވެ. 

މި އިމާރާތް މަރާމާތުކުރުމަށް 4.9 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ.

 

މިއަދު އޮންލައިން