ފިހާރައަކުން ގިނަ އަދަދެއްގެ ޑޮލަރާއި ރުފިޔާ ވަގަށް ނަގައިފި

ކިޔުމަށް ހޭދަވާނީ 44ސ
ފިހާރައަކުން ގިނަ އަދަދެއްގެ ޑޮލަރާއި ރުފިޔާ ވަގަށް ނަގައިފި

ފީނުމުގެ ވިޔަފާރި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރަމުންދާ، އެމްއޭ ސާރވިސެސް ކޮމްޕްލީޓް ޑައިވިންގ ސޮލިއުޝަން ފިހާރައިން ގިނަ އަދަދެއްގެ ޑޮލަރާއި ރުފިޔާ ވަގަށް ނަގައިފިއެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެފިހާރައިން ވަގަށް ނަގާފައިވަނީ 2600 އަށްވުރެ ގިނަ އެމެރިކާ ޑޮލަރާއި 13،500 އަށްވުރެ ގިނަ ރުފިޔާ ކަމަށެވެ. މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 8:15 ހާއިރު ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.

 

މިމައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެއެވެ. ނަމަވެސް ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެެވެ.

 

އެމްއޭ ސާރވިސެސް ކޮމްޕްލީޓް ޑައިވިންގ ސޮލިއުޝަން އުފެދުނީ 1998 ވަނަ އަހަރުއެވެ. ފީނުމުގެ ކަންކަމަށް ބޭނުންވާ ސާމާނު ވިއްކުމުގެ ވިޔަފާރި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފުޅާ ކޮށްފައިވާ މިކުންފުނީގެ ސާރިވިސް ސެންޓަރު ހުންނަނީ މާލޭގައެވެ.

މިއަދު އޮންލައިން