ކުރީ ސަރުކާރުން ނެންގެވި ހޯމް މިނިސްޓަރަށް ލިބިދޭ ބާރުތައް އަނބުރާ ދެއްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކުރީ ސަރުކާރުން ނެންގެވި ހޯމް މިނިސްޓަރަށް ލިބިދޭ ބާރުތައް އަނބުރާ ދެއްވައިފި

ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި ހޯމް މިނިސްޓަރަކަށް އުމަރު ނަޞީރު ހުންނެވިއިރު ނަންގަވާފައިވާ ހޯމް މިނިސްޓަރަށް ފުލުހުންގެ 16 ވަނަ މާއްދާ އިން ލިބިދޭ ބާރުތައް މިހާރުގެ ހޯމް މިނިސްޓަރަށް އަނބުރާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

އެމްޑީޕީން ށ.އަތޮޅަށް ކުރަމުން ގެންދާ ކެމްޕެއިން ދަތުރުގައި އެ އަތޮޅު ކޮމަންޑޫގައި މިއަދު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހޯމް މިނިސްޓްރީގައި އޮތް ހޯމް މިނިސްޓަރަށް ލިބިދޭ ބާރުތައްވެސް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ނަންގަވާފައި ކަމަށާއި ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އެބާރުތައް އަނެއްކާވެސް ހޯމް މިނިސްޓަރަށް ދޫކޮށްލުމަށް ސޮއިކުރަންޖެހޭ ލިޔުމުގައި ސޮއިކޮށް އެކަން ނިންމާފައިވާނެ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވި އިރާދަކުރެއްވިއްޔާ ފުލުހުންގެ ގާނޫނުގައި އެވާ ހޯމް މިނިސްޓަރަށް ލިބިދޭ ބާރުތައް މި ހަފްތާ ތެރޭގައި އަނެއްކާވެސް ހޯމް މިނިސްޓަރަށް ލިބި ރައިސުލްޖުމްހޫރިއްޔާ އޭރު ނަގާފައި އޮތް ހުރިހާ ބާރުތަކެއް ވާނީ ދޫކޮށްލާފައިކަމަށެވެ.

ފުލުހުންގެ ގާނޫނުގެ 16 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ފުލުހުންގެ ކޮންމެ ވެރިޔަކަށް ލިބިދޭ ގާނޫނީ ބާރާއި އިހްތިޔާރުގެ ބޭނުން މިނިސްޓަރަށް ހިފެއެވެ. މީގެ އިތުރުން ކޮންމެ ހިނދެއްގައި ވެސް ވަކިވަކި ފުލުހުންނަށާއި ފުލުހުންގެ ބަޔަކަށް ނުވަތަ އެންމެހާ ފުލުހުންގެ މައްޗަށް ސީދާ ހޯމް މިނިސްޓަރަށް އަމުރު ނެރެވެ އެވެ.

މިއަދު އޮންލައިން