ފުވައްމުލަކުގައި ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފި

ކިޔުމަށް ހޭދަވާނީ 28ސ
ފުވައްމުލަކުގައި ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފި

ޏ. ފުވައްމުލައް ސިޓީގެ މާދަނޑު ގެސްޓްހައުސް ކުރިމަތިން، އުމުރުން 17 އަހަރުގެ ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 5:50 ހާއިރު ކަމަށެވެ.

 

މިހާދިސާގައި ޒަޚަމްވި ކުއްޖާއަށް އެރަށު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އޭނާގެ އަތަށާއި ބޮލަށް ހަމަލާ ދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

 

އެކުއްޖާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުނެފައިވެއެވެ.

 

މިމައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.

މިއަދު އޮންލައިން