ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފުލުހަކު ސްރީލަންކާއަށް ފުރައިފިއެވެ.
ރޯސްވެއަރ ކޯރޕަރޭޝަންގެ ފަރާތުން މާރިޗު 23ން 27ށް ކުރިއަށްގެންދާ ސީސީއެންއޭ ސެކިއުރިޓީ (އިމްޕްލިމެންޓިންގ ސިސްކޯ ނެޓްވޯރކް ސެކިއުރިޓީ) ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ސްރީލަންކާއަށް ގޮސްފައިވަނީ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ޝިމްހާޒް ޢަލީއެވެ.
މިތަމްރީން ޕްރޮގްރާމްގައި، ސިސްކޯގެއިކުއިޕްމަންޓްތަކުގެ ސްވިޗް އަދި ރައުޓަރުތައް އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ ތަމްރީން ލިބިގެންދާނެއެވެ.