ގަމުން ތުނޑީން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފި

ކިޔުމަށް ހޭދަވާނީ 25ސ
ގަމުން ތުނޑީން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފި

 ލ. ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.

ގަން ތުނޑީ އަވަށުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މާރިޗް 21 ވަނަ ދުވަހުގެ ހަވީރު 15:50 ހާއިރު ހިންގި އޮޕަރޭޝަންގެ ތެރެއިން އެސަރަޙައްދު ބަލައިފާސްކުރިއިރު މަސްތުވާތަކެތި އަޅާފައިހުރި 12 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލަ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

 

މިއަދު އޮންލައިން