އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި އިންޓަރނޭޝަނަލް ހޭންޑްބޯލް ކޯޗިންގ ކޯސް ފުރިހަމަކުރި ރާއްޖޭގެ ދެބައިވެރިންގެ ތެރޭގައި ފުލުހަކު ހިމެނިއްޖެއެވެ.
މާރިޗު މަހުގެ 11 ން 16 އަށް ކޮރެއާގައި ކުރިއަށް ދިޔަ މި ކޯހުގައި ބައިވެރިވެ، ބީ ލައިންސަންސް ފުރިހަމަކުރި ދެބައިވެރިންގެ ތެރޭގައި ހިމެނޭ ފުލުހަކީ އިންސްޕެކްޓަރ އޮފް ޕޮލިސް އަޒްޙަމް ޢަބްދުﷲ އެވެ. ދެން މި ކޯސް ފުރިހަމަކޮށްފައިވަނީ ޢަލީ ސޮފީޙްއެވެ.
ކޮރެއާގައި ކުރިއަށް ގެންދިޔަ މި ކޯހުގައި ދުނިޔޭގެ ގިނަ ޤައުމުތަކުން ބައިވެރިވެފައިވާއިރު، އޭގެތެރޭގައި ނިއުޒިލޭންޑް، އޮސްޓްރޭލިޔާ، އިންޑޮނޭޝިޔާ، ކޮރެއާ އަދި އޮމާން ފަދަ ޤައުމުތައް ހިމެނެއެވެ