ރައްޔިތުންގެ މަޖިލިސް ޖަލްސާއެއް މިހިނގާ މަރޗް މަހުގެ 27 ވާ ބުދަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
މަޖިލިހުގެ އިދާރާއިން މިއަދު އާންމުކުރި އެޖެންޑާއަށް ބަލާއިރު، އެދުވަހުގެ އެޖެންޑާގައި ހިމަނާފައިވާ ހަމައެކަނި މައްސަލައަކީ ސިޓީ ކައުންސިލްތަކުގެ ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާފައިވާތީ ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރުމާއި މި ރިޕޯޓަށް ވޯޓަށް އެހުމެވެ.
ސިޓީ ކައުންސިލްތަކުގެ ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު އެވެ.
މާލިއްޔަތު ކޮމިޓީން މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި އެކޮމިޓީގެ މެންބަރުން ބަހުސްކުރެއްވުމަށްފަހު ޝާހުގެ ހުށަހެޅުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން އެންމެ ހަތަރު މެމްބަރުންގެ ވޯޓުންނެވެ.