ތ.ގާދިއްފުށީ ސްކޫލުގެ ދަރިވަރުންނަށް ޓްރެފިކް އެވެއަރނަސް ޕްރޮގްރާމެއް ތިމަރަފުށީ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.
މާރިޗް 24 ވަނަ ދުވަހު ގާދިއްފުށި ސްކޫލުގައި ކުރިޔަށް ދިޔަ މި ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ދަރިވަރުން ސަމާލުކަން ދޭންޖެހޭ ކަންތަކާއި މަގުމަތީގެ ރިވެތި އަދަބުތަކާއި ގުޅޭ ގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ
މި ޕްރޮގްރާމުގައި ގާދިއްފުށީ ސްކޫލުގެ ގްރޭޑް 6ން ގްރޭޑް 9ށް ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުން ބައިވެރިވެފައިވެއެވެ
އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ދަނީ ސްކޫލުތަކުގެ ދަރިވަރުންނަށްއަމާޒުކޮށްގެން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުތައް ސިލްސިލާކޮށް ހިންގަމުންއެވެ.