ޅޮހީ ސްކޫލްގެ ސްކައުޓް ދަރިވަރުންނަށް ސަލާމަތާއި ރައްކާތެރިކަމުގެ މަޢުލޫމާތު ދީފި

ކިޔުމަށް ހޭދަވާނީ 46ސ
ޅޮހީ ސްކޫލްގެ ސްކައުޓް ދަރިވަރުންނަށް ސަލާމަތާއި  ރައްކާތެރިކަމުގެ މަޢުލޫމާތު ދީފި

ނ. ޅޮހީ ސްކޫލްގެ ސްކައުޓް ދަރިވަރުންނަށް އާންމު ސަލާމަތާއި ރައްކާތެރިކަމާއި ނުރައްކާތަކުން ސަލާމަތްވާނެ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މަނަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

މާރިޗު 23ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ދަރިވަރުންގެ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ނުރައްކާތެރި ހާދިސާއެއް ދިމާވާ ހާލަތުގައި އަމަލުކުރާނެ ގޮތްތައް ބުނެދީފައިވެއެވެ. އަދި ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެއިތުރުން އެކްސިޑެންޓެއް ހިނގައިފިނަމަ އަމަލު ކުރަންވީ ގޮތްތަކާއި އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ސިނާރިއޯތަކެއް ތައްޔާރުކޮށް މަޢުލޫމާތުދީ އައުޓްޑޯރ އެކްޓިވިޓީތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ޅޮހީ ސްކޫލްގެ 39 ސްކައުޓުން މި ޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ.

މިއަދު އޮންލައިން