ޤައުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަކީވެސް ޤާސިމް އިބްރާހީމް ދައްކަވައިދެއްވި މިސާލެއް: ފައިޞަލް ނަސީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ޤައުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަކީވެސް ޤާސިމް އިބްރާހީމް ދައްކަވައިދެއްވި މިސާލެއް: ފައިޞަލް ނަސީމް

ޤައުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަކީވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ދައްކަވައިދެއްވި މިސާލެއް ކަމަށާއި ރާއްޖޭގައި މިހާރު ހުރި މައްސަލަތައް ޙައްލުކުރަން އޮތް ހަމައެކަނި ގޮތަކީ ރައްޔިތުން ގުޅިގެން މަސައްކަތް ކުރުން ކަމަށް ނައިބް ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. 

މާމިގިލީގައި ރޭ ބޭއްވި ކެންޕޭނު ޖަލްސާގައި ފައިޞަލް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ކުރިމަތިވި ކަންތައްތަކަކީ ރާއްޖޭގެ ހަޔާތުގައިވެސް ކުރިމަތިވެފައި ނެތް ފަދަ ކަންތައްތަކެއް ކަމަށެވެ. އަދި މިއީ ރައްޔިތުން އަބަދު ބޭނުންވާނެ ކަންތައްތަކެއް ނޫން ކަމަށެވެ.

"އަބަދު މިޞަފްޙާ ކިޔާލަކިޔާ ތިބޭކަށް ރައްޔިތުން ބޭނުމެއް ނުވާނެ. އެކަންކަން އެވަނީ މާޒީވެ ގޮސްފައި. އަޅުގަނޑު ދެކޭ ގޮތުގައި އަނިޔާވެރިކަމާ، ތަފާތުކުރުމާއި މީހުންގެ ޙައްޤުތަކަށް އަރައިގަތުން އެއީ މާޒީވެ ގޮސްފައިވާ ކަމެއް. މިއަދު އަޅުގަނޑުމެން ބޭނުންވަނީ މަނިކުފާނު ވެސް ކުރައްވާ މަސައްކަތްޕުޅުތަކުގެ ތެރެއިން އެންމެން ގުޅިގެން ކުރިއެރުން ހޯދަން. ޢާއިލާތަކަށް ހިތްހަމަޖެހުން ހޯދަން. މިއަދުގެ ޅަދަރިންނަށްޓަކައި މާދަމާގެ މުސްތަޤްބަލް އުޖާލާކުރަން މަސައްކަތްކުރަން."

ސަކަރާތް ޖެހުމުގެ އެއްވެސް މީހަކަށް މިއަދު ނެތް ކަމަށާއި އަޅުގަނޑުމެންގެތެރެއިން ކޮންމެ މީހަކީވެސް ވަރަށް ސީރިއަސް މަސައްކަތްތަކެއް ކުރަން ޖެހިފައިވާ މީހެއް ކަމަށްވެސް ފައިޞަލް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން