ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ގދ. ތިނަދޫ އުތުރު ދާއިރާ އަށް ވާދަ ކުރައްވާ އަބްދުލް މުޣުނީގެ ގެވެށި އަނިޔާގެ މައްސަލައެއް ހުށަހެޅިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ މުޣުނީގެ މައްޗަށް ތުހުމަތުކުރެވޭ، ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށައެޅިފައިވޭތޯ އަދި އެފަދަ މައްސަލައެއް ފުލުހުން ބަލަމުންދޭތޯ ސާފުކުރުމަށް މުޣުނީގެ ފަރާތުން ފުލުހުންގެ އިދާރާއަށް ފޮނުވާފައިވާ ސިޓީއަކާއި ގުޅިގެން ފުލުހުން މުޣުނީއަށް ފޮނުވާފައިވާ ސިޓީއެއްގައެވެ.
މުޣުނީގެ ކުރީގެ އަންހެނުންނަށް ގެވެށި އަނިޔާކުރި ކަމުގެ މައްސަލަ ފެންމަތިވީ ސޯޝަލް މީޑިއާގައި ބަޔަކު އެ ވާހަކަ ފެތުރުމުންނެވެ. މީގެ 11 އަހަރު ކުރިން ހިނގާފައިވާ އެކަންތައްތަކާ ގުޅޭގޮތުން އެ އަންހެން މީހާ ބުނެފައި ވަނީ އެ މައްސަލަތައް ފުލުހުންނަށް އޭރު ހުށަހަޅާފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން އެމްޑީޕީން މުޣުނީ އަށް ކުރި ތާއިދު ވަނީ އަނބުރާ ގެންގޮސްފައެވެ.
މޯލްޑިވްސް ޕޮލިސް ސާރވިސްއަށް އަދި ރާއްޖޭގެ ތަހުޤީޤީ އެއްވެސް އިދާރާއަކަށް އަޅުގަނޑުގެ ގެވެށި އަނިޔާގެ އެއްވެސް މައްސަލައެއް މިހާތަނަށް ހުށަހަޅާފައި ނުވާކަމުގެޔަޤީން ކަން ތިނަދޫ އުތުރުދާއިރާގެ
— Mughni (@mughuni) March 24, 2019
ލޮބުވެތި ރައްޔިތުންނަށް އަރުވަން.
އަބްދުލް މުޢުނީ pic.twitter.com/dKHsbINgfH