ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އާއި ޝައިޚް ޢަލީ ޒައިދު، މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓް ހައުސްތަކަށް ފަތުރުވެރިން ގޮސް، ނިވާނުވެ އުޅޭތީ، އެކަމުގެ ކަންބޮޑުވުން ރަސްމީ ސިފައެއްގައި ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ އަށް ހުށަހަޅައިފިއެވެ.
ޝައިޚް ޢަލީ ޒައިދު ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި މިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އާއި ޝައިޚް ޢަލީ ޒައިދު އަދި ޝައިޚް އިލްޔާސް ޙުސައިން ވަނީ މިކަމުގައި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އާއިވެސް ބައްދަލުކުރައްވައިފައެވެ. މިއީ ރާއްޖޭގައި މިހައިތަނަށް ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފައި އޮތް ކަމެއް ނަމަވެސް މިހާރު މި މައްސަލަ ވަނީ ކޮންޓްރޯޅުން ނައްޓާލައި ޢާންމުވެފައެވެ.