އިސްލާމް ދީނުގެ އުޞޫލުތައް ކަމުނުދާކަމަށް ބުނެ ޢާއިލާއަށް ފިލި ސައުދީ 2 އަންހެނުން ފޮރުވައިގެން ހޮންގކޮންގުން ބޭރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
އިސްލާމް ދީނުގެ އުޞޫލުތައް ކަމުނުދާކަމަށް ބުނެ ޢާއިލާއަށް ފިލި ސައުދީ 2 އަންހެނުން ފޮރުވައިގެން ހޮންގކޮންގުން ބޭރުކޮށްފި

އިސްލާމް ދީނުގެ އުޞޫލުތައް ކަމުނުދާކަމަށް ބުނެ ޢާއިލާއަށް ފިލި ސައުދީ 2 އަންހެނުން ފޮރުވައިގެން ހޮންގކޮންގުން ބޭރުކޮށްފި އެވެ. 18 އަހަރާއި 20 އަހަރުގެ ދެބެއިން ޢާއިލާއަށް ފިލައިގެން މީގެ 6 މަހެއްހައި ދުވަސް ކުރިން ހޮންގކޮންގއަށް ދިއައީ ޢާއިލާ އާއިއެކު ސްރީލަންކާއަށް ކުރި ދަތުރުގެތެރެއިންނެވެ.

ދެބެން ބޭނުންވީ އޮސްޓްރޭލިއާއަށް ދިއުމަށެވެ. ނަމަވެސް ހޮންގކޮންގއާއި ހަމައިން ސައުދީ އޮފިޝަލުން ހުރަސް އެޅުމުން ދެބެއިން މިހައި ދުވަސްވަންދެން ތިބީ ހޮންގކޮންގގައި ފިލައިގެންނެވެ.

ދެބެއިން ވެސް ބުނެފައިވަނީ އެމީހުން ބޭނުންވާ ގޮތަށް މިނިވަންކަމާއިއެކު އުޅުމުގެ ޙައްޤު ސައުދިއަރަބިޔާގައި ނެތް ކަމަށެވެ. މިފަދަ ބަހަނާތައް ދައްކައި ސައުދީގެ ބައެއް އަންހެނުން ދަނީ ސައުދީ ޢަރަބިޔާއިން ބޭރުވަމުންނެވެ. މިގޮތަށް ފިލާ ކޮންމެ އަންހެނަކަށް އދގެ އެހީތެރިކަންވެސް ގެންދަނީ ފޯރުކޮށްދެމުންނެވެ.

 

މިއަދު އޮންލައިން