އައްޑޫ ރައްޔިތުން ވިސްނަންވީ މާލެ ސަރުކާރަށް ސަލާން ޖަހަން ނުޖެހޭ ލާމަރުކަޒީ ފުރިހަމަ ނިޒާމެއް ގެނައުމަށް: ހުސެއިން ސޯލިހު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
އައްޑޫ ރައްޔިތުން ވިސްނަންވީ މާލެ ސަރުކާރަށް ސަލާން ޖަހަން ނުޖެހޭ ލާމަރުކަޒީ ފުރިހަމަ ނިޒާމެއް ގެނައުމަށް: ހުސެއިން ސޯލިހު

އައްޑޫ ރައްޔިތުން ވިސްނަންވީ މާލެ ސަރުކާރަށް ސަލާން ޖަހަން ނުޖެހޭ ލާމަރުކަޒީ ފުރިހަމަ ނިޒާމެއް ގެނައުމަށް ކަމަށް ހިތަދޫ މެދު ދާއިރާއަށް ވާދަކުރައްވާ ޖޭޕީގެ ކެންޑިޑޭޓު ހުސެއިން ސޯލިހު ވިދާޅުވެއްޖެއެވެ.

ހުސެއިން ސޯލިހު މިހެން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖްލިސް އިންތިހާބުގެ ކެމްޕެއިންގެ ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހުސެއިން ސޯލިހު ވިދާޅުވީ 1972 އަކީ އައްޑޫ ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެ، މުޅި ދުނިޔެއަށް ލޯ ހުޅުވިގެން ދިޔަ ދުވަސްވަރެއްކަމަށާއި އޭރު މާލެ އާއި އަތޮޅުތަކުގެ މީހުން ބޭސް ފަރުވާއަށާއި އެނޫންކަން ކަމަށް ދާން ޖެހުނީ އައްޑޫއަށް ކަމަށެވެ. އަދި އެހާލަތު ބަދަލުވީ ގަމުން އިނގިރޭސިން 1976 ވަނަ އަހަރު ފޭބި ހިސާބުން ގަމަށް އިނގިރޭސިން ދޫކޮށްލާފައި ދިޔަ ސާމާން އޭރުގެ ސަރުކާރުން ލޫޓުވައި އެތަންތަން ވީރާނާ ކޮށްލުމުން ކަމަށް ހުސެއިން ސޯލިހު ވިދާޅުވިއެވެ.

ހުސެއިން ސޯލިހު ވިދާޅުވީ މި ހަނދާން އަދިވެސް އެބަހުރި ކަމަށާއި، ރައްޔިތުން މިއަދު ވިސްނަންވީ މާލެ ސަރުކާރަށް ސަލާން ޖަހަން ނުޖެހޭ ލާމަރުކަޒީ ފުރިހަމަ ނިޒާމެއް ގެނައުމަށްކަމަށެވެ. އެމަސައްކަތް ކުރުމުގައި ރައްޔިތުންނާއި އެކު ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

އިންތިހާބުގެ ކެމްޕެއިންގައި ހުސެއިން ސޯލިހުގެ ޝިއާރަކީ "އެޖެންޑާ 1972"އެވެ.

 

 

މައުލޫމާތު: އައްޑޫލައިވް

 

މިއަދު އޮންލައިން