386 ކެންޑިޑޭޓުންގެ ތެރެއިން ވޯޓުލާ މީހުންގެ ލިސްޓުގައި ސޮއިކުރީ 120 ކެންޑިޑޭޓުން: އީސީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 47ސ
386 ކެންޑިޑޭޓުންގެ ތެރެއިން ވޯޓުލާ މީހުންގެ ލިސްޓުގައި ސޮއިކުރީ 120 ކެންޑިޑޭޓުން: އީސީ

އަންނަމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލާ މީހުންގެ ލިސްޓުގައި ސޮއިކުރީ 386 ކެންޑިޑޭޓުންގެ ތެރެއިން 120 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ ''މިއަދުގެ ނިޔަލަށް 386 ކެންޑިޑޭޓުންގެ ތެރެއިން އެންމެ 120 ކެންޑިޑޭޓުން ވޯޓް ލިސްޓުގައި ސޮއިކުރީ އަދިވެސް މާދަމާގެ 14:30 ގެ ނިޔަލަށް ފުރުސަތު އެބައޮތް. ސަމަަލުވެލައްވާ'' ކަމަށެވެ.

ކެންޑިޑޭޓުން، ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ ފުރުސަތު ހުޅުވާލީ އިއްޔެއެވެ.

މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވެއެވެ. 

މިއަދު އޮންލައިން